ޚަބަރު

ދިވެހި ޤައުމުގެ މިނިވަންކަން ދިފާއުކުރުމަށް މިއަދު ހަވީރު ނުކުންނަވާ – ޝިފާޒު

ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ބާރުތައް އިއާދަކޮށް ދިވެހި ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް މިއަދު ހަވީރު ހުރިހާ އެންމެން މަގުމައްޗަށް ނުކުތުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކައުންސިލް މެމްބަރު ހުސެއިން ޝިފާޒް ރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީން ވަނީ “މިނިވަންކަމުގެ ހިނގާލުން” ނަމުގައި މިއަދު ހަވީރު 4:00 ޖަހާއިރު، މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފައެވެ. މި ހިނގާލުމުގައި ބައިވެރިވުމަށް ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން އެ ދެ ޕާޓީން ވަނީ އެދިފައެވެ. މިއަދުގެ ހިނގާލުން ފެށިގެންދާނީ ޕީޕީއެމްގެ އޮފީސް ދޮރުމަތިން ކަމަށް މަޢުލޫމާތު ލިބެއެވެ.

ޕީއެންސީ ޝިފާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ހިމާޔަތްކޮށް ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ބާރުތައް އިއާދަކޮށް ދިވެހި ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ހުކުރު ދުވަހު ހަވީރު އެންމެހާ ޒުވާނުންނާއި ކުދިބޮޑު އެންމެން ނުކުތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޝިފާޒްގެ މި ޓުވީޓުގައި ދިވެހި ދިދަ އާއި “ޑިފެންޑް މޯލްޑިވްސް” ނުވަތަ “ރާއްޖެ ހިމާޔަތްކުރޭ”، އަދި “ސޭވް އަވަ ނޭޝަން” ނުވަތަ “މިގައުމު ސަލާމަތްކުރޭ” މި ދެ ހޭޝްޓެގް ބޭނުންކޮށްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close