ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ގަވައިދާ ހިލާފަށް ވަދެއުޅުނު މަސްބޯޓުތަކެއް އަތުލައިގެންފި

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ބޭރުގެ މަސްބޯޓުތަކެއް އަތުލައިގެންފި އެވެ.

އެމްއެންޑީފުން ބުނީ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ތިން ބޯޓު ހިފަހައްޓާފައިވާ ކަމަށެވެ.

އެ ހުރިހާ ބޯޓުތަކަކީވެސް ސްރީލަންކާއަށް ނިސްބަތްވާ ބޯޓުތައް ކަމަށް މައުލޫމާތުދެ އެވެ.

މިހާދިސާގައި އަތުލަތް މަސްބޯޓުތަކުގައި ތިބީ ކިތައް މީހުން ކަމެއް އަދި ނޭނގެ އެވެ. ކޯސްޓްގާޑުން ދަނީ އެ ދޯނިތައް ކައިރީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close