ދެކުނު އެފްރިކާގެ ކުރީގެ ރައީސް ވިލިއަމް ޑި ކްލަރކް އަވަހާރަވެއްޖެ
ދެކުނު އެފްރިކާގެ ކުރީގެ ރައީސް ފްރެޑެރިކް ވިލެމް ޑި ކްލަރކް ޢުމުރުން 85 އަހަރުގައި އަވަހާރަވެއްޖެއެވެ.
“އެފްޑަބްލިއު ޑި ކްލެރިކް އަވަހާރަވީ މެސޮތީލިއޯމާ ކެންސަރާ ދެކޮޅަށް ކުރި ހަނގުރާމާގައި މިއަދު ހެނދުނު ފްރެސްނޭގައި ހުންނަ އޭނާގެ ގޭގައެވެ. އެފްޑަބްލިއު ޑި ކްލަރކް ފައުންޑޭޝަނުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޑި ކްލަރކް އާއި ދެކުނު އެފްރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް ނެލްސަން މަންޑޭލާ 1993 ވަނަ އަހަރު ނޮބެލް ސުލްހައިގެ އިނާމު ހިއްސާ ކުރެއްވި އިރު، އެ ގައުމުގައި މައިނޯރިޓީ-ވައިޓް ވެރިކަން ނިމުމަކަށް ގެންނެވުމުގައި ޑި ކްލާރކް މުހިންމު ރޯލެއް ނެލްސަން މަންޑޭލާއާއި އެކު ކުޅުއްވިއެވެ.
1990 ވަނަ އަހަރުގެ ފެބުރުވަރީ މަހު ޑި ކްލަރކް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ތަޤްރީރު ކުރެއްވިއެވެ.
އެ ތަޤްރީރުގެ ސަބަބުން އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭ.އެން.ސީ) އާއި، އެޕާތައިޑް އާ ދެކޮޅު އެހެން ޖަމްޢިއްޔާތައް ތެދުވުން މަނާކޮށްފައި އޮތް އޮތުން އުވާލައި، މަންޑޭލާ ހިމެނޭގޮތަށް ސިޔާސީ ކުށްވެރިން މިނިވަން ކުރުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ. އަދި މަރުގެ އަދަބު ދިނުން ވެސް ވަނީ މަޑުޖައްސާފަ އެވެ.
މި ތަޤްރީރުގައި، ދެކުނު އެފްރިކާގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ޙައްޤުތަކެއް ލިބިދީ، ދުސްތޫރީ ޑިމޮކްރަސީއަށް މަގުފަހިކޮށްދިނުމަށް ގޮވާލެއްވިއެވެ. އެކަމުގެ ސަބަބުން ނަސްލީ ތަފާތުކުރުންތަކުގެ ސިޔާސަތުތައް ރަސްމީގޮތުން ނިމުމަކަށް ގެނައުން ފާހަގަވެގެން ދެއެވެ.
މަޖިލީހުގެ ގިނަ މެންބަރުންތަކެއް ޗެމްބަރުން ނުކުމެވަޑައިގެންނެވީ އޭނާ ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ. އޭގެ ނުވަ ދުވަސް ފަހުން މަންޑޭލާ މިނިވަންކަމާއެކު ހިންގަވާފައި ވަޑައިގަންނެވިއެވެ.
އޭގެ ހަތަރު އަހަރު ފަހުން ދެކުނު އެފްރިކާގެ ކަޅު ނަސްލުގެ ރައްޔިތުން ވޯޓު ދިން އިރު، އެ ގައުމުގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސަކަށް މަންޑޭލާ ހޮވިވަޑައިގަތެވެ.
އޭރު ޑި ކްލެރިކް އާއި މަންޑޭލާއަށް ނޯބެލް އިނާމު ލިބިވަޑައިގެންފައި ވަނީ ދެކުނު އެފްރިކާއިން އިންސްޓިޓިއުޝަނަލައިޒިންނަސް ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް މަސައްކަތްކުރައްވާ ޑިމޮކްރަސީ ޤާއިމް ކުރެއްވުމަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވި ކަމުގެ ސަބަބުންނެވެ.
