ޖުނައިދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ ފުލުހުން ބަލަންފަށައިފި
އޮންދިގޯ ކުންފުނީގެ ވެރިޔާ އަދި އެމްޕީއެލްގެ ކުރީގެ ސީއީއޯ ގެ މަޤާމާއި، ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ގެ މަޤާމްވެސް އަދާކުރައްވާފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޖުނައިދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުން ބަލަން ފަށަފައިފިއެވެ.
ޖުނައިދުގެ މައްޗަށް ޖިންސީ ގޯޏާގެ ތުހުމަތުކުރަނީ އޭނާގެ ކުންފުނި އޮންދިގޯގައި މަސައްކަތްކުރާ އަންހެން މުވައްޒަފެކެވެ. ފުލުހުން ވަނީ އޮންދިގޯ ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޮނާކޮށް ފުރައްސާރަކުރިކަމުގެ މައްސަލައެއް ބަލަމުން އަންނަކަމަށެވެ. ޖިންސީ ގޯނާގެ އަނިޔާ ލިބުނުކަމަށް ބުނާ އަންހެން މީހާ ވަނީ އޭނާއަށް ްއެކިދުވަސްމަތިން ޖުނައިދު ޖިންސީ ގޯނާކޮށް ޖިންސީ ފުރައްސާރަކޯށްފައިވާކަމަށެވެ.
ނަމަވެސް އެ ތުހުމަތުތައް ޖުނައިދު ދޮގުކުރެއެވެ. އޭނާ ވަނީ އޭނާގެ ފަރާތުން ދުވަހަކުވެސް އަފަދަ އަމަލެއް ފެނިފައި ނުވާނެކަމަށް ވިދާޅުވެފައެވެ.
ޖުނައިދަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ބައެއް މީހުން ވަނީ އެއީ ޖުނައިދު ފުރޭމްކުރުމަށް ކޮށްފައިވާ ތުހުމަތުތަކެއްކަމަށްވެސް ބުނެފައެވެ.


ޖުނައިދުގެ ކަންތައް ތިޔަދަނީ