ޚަބަރު

ރައީސް ނަޝީދު ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ލަންކާގައެވެ.

މާދަމާގެ ނިޔަލަށް އެމަނިކުފާނު ލަންކާގެ މަޑުކުރައްވާއިރު، މިއީ ލަންކާގެ ޔޫތު މިނިސްޓަރު، މިނިސްޓަ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިން އަދި ސްޓޭޓްމިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަޕްރައިޒް ޑިވެލޮޕްމަންޓް، ނަމާލް ރާޖަޕަކްސާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ގިނަ މަޝްވަރާތަކެއް ކުރައްވާފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދިން މައުލޫމާތަށް ބަލާއިރު، އެމަނިކުފާނުގެ މި ދަތުރުފުޅަކީ ސްރީލަންކާ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މި ސެޝަނަކީ ލަންކާގެ ޒުވާނުންގެ ލީޑަޝިޕް ހުނަރުތައް އަށަގެންނެވުމަށާއި، އެ ހުނަރުތައް ދަސްކޮށްދިނުމުގެ މަގްސަދުގައި އެގައުމުގެ ނޭޝަނަލް ޔޫތު ސާވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަންއެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close