ޚަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ އޭޕްރަން ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ދެކުނު ފަރާތުގައި އަލަށް ތަރައްޤީކުރި އާ އޭޕްރަން ހުޅުވައިފިއެވެ.

ޗައިނާގެ ބީޔޫސީޖީ ކުންފުންޏާއި ހަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދިޔަ މި އޭޕްރަންގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވާފައިވަނީ އިއްޔެއެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން މަޢުލޫމާތު ދެއްވާ ގޮތުގައި މި އޭޕްރަންގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓްތައް ހިމެނޭހެން ޖުމްލަ ނުވަ މަތިންދާ ބޯޓު ޕާކް ކުރެވޭނެ އެވެ.

އޭގެ ތެރޭގައި ކޯޑް ސީ މަރުކާގެ ހަ މަތިންދާ ބޯޓާއި ކޯޑް އޭ މަރުކާގެ ދެ ބޯޓު އަދި ކޯޑް ސީ މަރުކާގެ އެއް ބޯޓު ޕާކު ކުރެވޭނެ ކަމަށް މައުލޫމާތުދެ އެވެ.

މި އޭޕްރަން ހުޅުވުމުގެ ގޮތުން އެންމެ ފުރަތަމަ ޕާކު ކޮށްފައިވަނީ އިންޑިއާއިން ރާއްޖެ އަށް އައި މޯލްޑިވިއަންގެ ފްލައިޓެކެވެ. އެގޮތުން އެބޯޓު އޭޕްރަންގައި ޕާކު ކުރުމުން އެއާޕޯޓުން ވަނީ ވޯޓަ ސެލިއުޓަކުން މަރުހަބާ ކިޔާފައެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގް ޑިރެކްޓަރު ގޯދަން އެންޑްރިއު ސްޓެވާޓް، ހިމެނޭހެން އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު މިހާދު އާއި އެއާލައިން އޮޕަރޭޓަރ ކޮމިޓީގެ ޗެއާމަން މަހުޖޫބް އަބްދުﷲ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close