ޚަބަރު

ކުޅުދުއްފުށީ ފަޅުތެރޭ އޮތް ޑިންގީއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހދ. ކުޅުދުއްފުށީ ބަނދަރުގައި އަޅާފައި އޮތް ޑިންގީއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ހދ.ކުޅުދުއްފުށި ސިޓީގެ އުތުރުފަރާތު ބަނދަރުގައި އަޅާފައި އޮތް 22 ފޫޓްގެ ޑިންގީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރި ވެފައިވާކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:31 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއި އެކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ވަނީ އެސަރަހައްދަށް ގޮސް އާމުންގެ އެހީއާއިއެކު އަލިފާން ނިއްވާލާފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close