ރާއްޖެއިން ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 1216 މީހުން
ރާއްޖެއިން ކޮވިޑަށް މިއަދު 1216 މީހުން ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
މިއަދު 1،216 މީހުން ޕޮސިޓިވް ވެފައިވާއިރު މާލެއިން އެކަނިވެސް ވަނީ 1،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ.
މިއަދު މާލޭ ސިޓިން ޕޮސިޓިވްވެފައިވަނީ1،013 މީހުންނެވެ. އަތޮޅުތެރެއިން201 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން މިއަދު ޕޮސިޓިވް ވެފައިވަނީ އެންމެ މީހެކެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 5،334 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 12،873 މީހުންނަށެވެ، އޭގެ ތެރެއިން 263 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 27،123 މީހުންނެވެ. އަދި ބަލީގައި މަރުވެފައިވަނީ 87 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިދް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 40،092 އަށް އަރާފަ އެވެ.


