ދީން

ޛިކުރު ކުރާ މީހުންގެ ޛިކުރުތައް ޢަރުޝިކޮޅު ވަށައިގެން ދައުރު ކުރެއެވެ. ޛިކުރު ކުރުން ގިނަ ކުރާށެވެ.

ޛިކުރު ކުރުމަކީ އެކަމުގައި ނުހަނު ގިނަގުނަ ހެޔޮދަރުމައާއި ޘަވާބާއި މަތިވެރިކަން ހިމެނޭ ޢަމަލެކެވެ. ވަރަށް ފަސޭޙަކަމާއިއެކު ކޮށްލެވޭ މި ހެޔޮޢަމަލުގައި މާތްކަމާއި މަތިވެރިކަން އެކުލެވިގެން ވެއެވެ. ޛިކުރު ކުރާ މީހުންނަކީ ﷲ ހަނދުމަކުރާ މީހުންނެވެ. ﷲ ހަނދުމަކުރުމުގެ ގޮތުން ތަޞްބީޙަ ކިޔުމާއި ތަހްލީލް ކިޔުމާއި ތަކްބީރު ކިޔުމެވެ. އެއިލާހު ތަޢާލާމަތިން ޛިކުރު ކުރާމީހުންގެ މަތިން ﷲ ތަޢާލާ މަތިވެރިވެގެންވާ ޛިކުރަކުން ޛިކުރު ކުރައްވަތެވެ.

އަދި ދަންނާށެވެ. ތިބާ ޛިކުރު ކުރުމުގެ ގޮތުން ކިޔާ ޛިކުރުތައްވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ހަނދުމަކުރެއެވެ. އަންނަނިވި ޙަދީޘުން އެކަން ޘާބިތުވެގެންދެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތަސްބީޙައާއި ތަހްލީލާއި ތަޙްމީދު ކިޔައިގެން ﷲ ގެ މަތިން ޛިކުރު ކުރާ މީހުންގެ ޛިކުރުތައް ޢަރުޝިކޮޅު ވަށައިގެން ދައުރުކުރަމުންދާނެއެވެ. (އެޛިކުރުތައް ދައުރުކުރަމުންދާއިރު) އަޑެއްގެ ގޮތުގައި މާމުއިކުޅަނދުރުން އިވޭ ވައްތަރުގެ އަޑެއް ހުންނާނެއެވެ. އެ އަޑަކީ ޛިކުރުތައް ކިޔެވި މީހުންގެ މަތިން އެ ޛިކުރުތައް ހަނދުމަކުރާ އަޑެވެ. ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ މަތިން ހަނދުމަކުރާނެ، ނުވަތަ ހަނދުމަކުރުމުގައި ފިލައިނުދާނެކަމަކަށް ތިޔަބައިމީހުންކުރެ މީހަކު ލޯބި ނުކުރާނެ ހެއްޔެވެ؟”

ގުޅުންހުރި ލިޔުންތައް

[އަޙްމަދު، އިބްނު މާޖާ، އަލްޙާކިމް]

ނޯޓް: މިޙަދީޘް ނެގިފައިވަނީ ޝައިޚް މުޙައްމަދު ޝިނާނު ލިޔުއްވާފައިވާ ރިޕޯރޓަކުންނެވެ. މި ރިޕޯރޓް އަޚް ޢަލީ ރަމީޒުގެ ޔޫޓިއުބް އެކައުންޓުންވެސް ފެންނާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close