ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ސްޕޭސް އިވެންޓް އޮކްޓޯބަރު 25 ގައި ފަށައިފި


ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ސްޕޭސް އިވެންޓް ކަމަށްވާ 72 ވަނަ އިންޓަނޭޝަނަލް އެސްޓްރޮނޯޓޮލޮޖިކަލް ކޮންގްރެސް (އައިއޭސީ) ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިއަދު ފަށައިފި އެވެ.
އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފަސް ދުވަހުގެ މި ހަރަކާތް ފުރަތަމަ ފަހަރަށް ކުރިއަށް ގެންދަނީ މެދުއިރުމަތީގައެވެ. މިއީ އިންޓަނޭޝަނަލް އެސްޓްރޮނޯޓޮލޮޖިކަލް ފެޑެރޭޝަން (އައިއޭއެފް) އާ ގުޅިގެން މުހައްމަދު ބިން ރާޝިދު ސްޕޭސް ސެންޓަރު (އެމްބީއާރުއެސްސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.

މިއަހަރުގެ އެޑިޝަންގައި 4000 އަށްވުރެ ގިނަ މީހުން ރަޖިސްޓަރީކޮށްފައިވާއިރު، މި އެޑިޝަންގައި 90 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި، 110 އަށްވުރެ ގިނަ ކަންޓްރީ ޑެލިގޭޝަންގެ އިތުރުން، އުމުރު ދުވަހުގެ ސްޕޭސް އިވެންޓަށް މެދުއިރުމައްޗަށް އެއްވާ ހުރިހާ ފަންތިއެއްގެ 350 ޒުވާން ޕްރޮފެޝަނަލުންނާއި ސްޕޭސް އެކްސްޕާޓުން ފެނިގެންދާނެއެވެ.

މިއަހަރުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ޔޫއޭއީއިން ވަނީ އެމިރޭޓްސްގެ ސްޕޭސް ސެކްޓަރގެ ވަރުގަދަ އަދި ދެމެހެއްޓެނި ތަރައްޤީގެ ބިންގަލެއް އެޅުމަށް ކެނޑިނޭޅި މަސައްކަތްކޮށްފައެވެ.

ފުރަތަމަ އެމިރޭޓްސް ސްޕޭސްއަށް ފޮނުވުމާއި، ބިން-އޮބްޒަވޭޝަން ގެ ގިނަ ސެޓެލައިޓްތަކެއް ފޮނުވުމާއި، ފުރަތަމަ އަރަބި އިންޓަރޕްލެނެޓަރީ މިޝަން މާރސްއަށް ލޯންޗްކުރުމާއި، އެސްޓްރޮނޯޓް ކޯރއެއް އުފެއްދުމާއި، އަރަބް ސްޕޭސް ކޯޕަރޭޝަން ގްރޫޕް އުފެއްދުމަށް އެހީތެރިވެދިނުމުގެ އިތުރުން، ޔޫއޭއީއަކީ ސްޕޭސް އެކްސްޕްލޮރޭޝަން އާއި އެއާ ގުޅުން ހުރި ޓެކްނޮލޮޖީތައް އުފެއްދުމުގައި އިސްދައުރެއް އަދާކުރާ ގައުމެއްގެ ގޮތުގައި އުފެއްދުމުގެ ގާބިލްކަން ޔޫއޭއީއަށް ވަނީ ލިބިގެން ވެފައެވެ.
އައިއޭސީ 2021 އަކީ ޔޫއޭއީއިން ދުނިޔޭގެ ސްޕޭސް ފީލްޑްގައި ހޯދަމުންދާ ކުރިއެރުންތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާ އަދި މި ކާމިޔާބީތަކުގެ ސަބަބުން ކުރާ އަސަރުތައް ފުޅާ ދާއިރާއެއްގައި މި ސަރަހައްދަށް ފުޅާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އައިއޭސީ 2021 އަކީ ދުބާއީގައި ބޭއްވި އެކްސްޕޯ 2020 ގައި ކުރިއަށް ގެންދިޔަ ކާމިޔާބު ސްޕޭސް ވީކްއަކަށް ފަހު، ސްޕޭސް އެކްސްޕްލޮރޭޝަންގައި ޔޫއޭއީގެ ތަސައްވުރާއި، ސްޕޭސް އެކްސްޕްލޮރޭޝަންގައި އަންހެނުންގެ މުހިންމު ހިއްސާތަކާއި، ސްޕޭސް އެކްސްޕްލޮރޭޝަންގައި ދެމެހެއްޓެނިވި އަދި އިތުރު އެތައް މައުޟޫއަކަށް ވާހަކަ ދެއްކުމަށް އެސްޓްރޮނޯޓުންނާއި، ސްޕޭސް އެކްސްޕާޓުން ގެ ސްޓެލަރ ލައިން އަޕް އެއް އެއްކޮށްގެން ކުރިއަށް ގެންދިޔަ ސްޕޭސް ވީކް އެކެވެ.

“އިންސްޕަޔަރ، އިނޮވޭޓް އެންޑް ޑިސްކަވަރ ފޮރ ދަ ބެނެފިޓް އޮފް މީންސް” މި ޝިޢާރުގެ ދަށުން ބާއްވާ އައި.އޭ.ސީ 2021 ގެ ދަށުން ބައިވެރިވާ ޖަމްޢިއްޔާތަކަށް، އެ ޖަމްޢިއްޔާތަކުގެ ޤާބިލުކަން ފާހަގަކުރުމުގެ އިތުރުން، ސްޕޭސް ދާއިރާގައި އެފަރާތްތަކުގެ ތަޖުރިބާއާއި، ޙިއްޞާއާއި، އައު އީޖާދުތައް ފާހަގަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އެމް.ބީ.އާރު.އެސް.ސީގެ ޗެއަރމަން ޙަމަދު ޢުބައިދު އަލް މަންސޫރީ ވިދާޅުވީ” އެމް.ބީ.އާރ.އެސް.ސީގައި، އަޅުގަނޑުމެންގެ ޒުވާން ސްޕޭސް އެކްސްޕްލޮރޭޝަން ޕްރޮގްރާމް ތަރުބިއްޔަތުކޮށް، މި ސަރަޙައްދާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްޕޭސް ސެކްޓަރ ގެ ސަބަބު އިތުރަށް ކުރިއެރުވުމަށް އަޅުގަނޑުމެން އަހައްމިއްޔަތުކަން ދެން. އައި.އޭ.ސީ ބޭއްވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް މުހިންމު ލަނޑުދަނޑިއެއް، މި ލަނޑުދަނޑިގެ ސަބަބުން ސްޕޭސް-ފަރނިންގ ޤައުމުތަކުގެ ލީގްގައި އަޅުގަނޑުމެންގެ ޕޮޒިޝަން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެދޭނެ.” އަލްމަންސޫރީ ވިދާޅުވިއެވެ.

އެމް.ބީ.އާރް.އެސް.ސީގެ ޑިރެކްޓަރ ޖެނެރަލް ޔޫސުފް ޙަމަދު އަލްޝައިބާނީ ވިދާޅުވީ، “މެދުއިރުމަތީގެ މި ފާހަގަކޮށްލެވޭ ޙަފްލާ ބާއްވާ ފުރަތަމަ ޤައުމަށް ދުބާއީ ވުމަކީ، މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ޙަރަކާތެއް އުފެއްދުމަށް އަޅުގަނޑުމެންގެ ޕްލޭން އިތުރަށް ފުޅާވެގެން ދިޔަ ކަމެއް. މި އެސެމްބްލީއަކީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ބައިނަލްއަގްވާމީ އެސްޓްރޮނޯޓޮލޮޖިކަލް ކޮންގްރެސް ގެ އެންމެ ފުރިހަމަ އެސެމްބްލީ އަށް ވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އެޖެންސީތަކުގެ ރައުންޑްޓޭބަލް ހެޑްސް އޮފް އޭޖެންސީސް ރައުންޑްޓޭބަލް، އެކްސްޕެޑިޝަން 60/61، ފިއުޗަރ މާރސް ސާމްޕަލް ރިޓަރން މިޝަންސް އަދި އިމާރޖިންގ ސްޕޭސް އޭޖެންސީތަކުގެ ދައުރަށް އަމާޒުކޮށްގެން ތަފާތު ސެޝަންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ކޮންގްރެސްގައި ބާއްވާ ގްލޯބަލް ނެޓްވޯކިންގ ފޯރަމްގެ ސަބަބުން ސްޕޭސް އެކްޓިވިޓީސްތަކުގެ މިހާރުގެ އަދި މުސްތަޤުބަލާމެދު ދުނިޔޭގެ ފެންވަރުގައި ދެކެވޭ ވާހަކަތަކުގައި ސްޓޭކް ހޯލްޑަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ތަޖުރިބާކާރުންނާއި، ޒުވާން ފަންނުވެރިން އެއްތަނަކުން ބައްދަލުވެ، މަޢުލޫމާތު އެއްކުރެވިގެންދާނެއެވެ.

އައިއޭސީ 2021 ގައި ސްޕޭސް ޓެކްނޮލޮޖީގެ އެންމެ ފަހުގެ ދާއިރާ އާއި ރިސާޗްގެ ދާއިރާގައި ބޮޑެތި ބްރޭންޑް ތަކެއް ހިމެނޭ މައުރަޒެއް ވެސް ހިމެނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close