ޚަބަރު

ރާއްޖެއަށް ދަތުރުކޮށްފައިވާ މީހުން ޕާކިސްތާނަށް އެރުން މަނާކޮށްފި

ކޯވިޑުން ރައްކާތެރިވުމަށް ޕާކިސްތާނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ކޮވިޑްގެ ނުރައްކާތެރިކަން ފެތުރިފައިވާ ޤައުމުތައް ވަނީ 3 ކެޓަގަރީއަކަށް ބަހާލާއި، ރާއްޖެއަށް ދަތުރުކޮށްފައިވާ މީހުން ޕާކިސްތާނަށް އެތެރެވުން މަނާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޕާކިސްތާންގެ ކެޓަގަރީ ‘ސީ’ގެ ލިސްޓުގައި ރާއްޖެ ހިމެނާފައިވާކަން ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުން އަންގާފައިވާކަމަށެވެ. އަދި ކެޓަގަރީ ‘ސީ’ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް އެތެރެވުން މަނާވާނެ ކަމަށާއި، އެހެންކަމުން ރާއްޖޭގެ ޓޫރިޒަމް ފެސިލިޓީސްތަކުން މިކަމަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

ޕާކިސްތާނުން ކަނޑައަޅާފައިވާ ގޮތުން ކެޓަގަރީ ‘އޭ’ ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް އެތެރެވާ މީހުން ޕީސީއާރު ޓެސްޓު ހަދާކަށް ނުޖެހޭނެއެވެ. އަދި ކެޓަގަރީ ‘ބީ’ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް އެތެރެވުމަށް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް ހުށަހަޅަން ޖެހޭއިރު ކެޓަގަރީ ‘ސީ’ ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް މީހުން އެތެރެވުން މަނާވާނެއެވެ. އެގައުމުގެ ކެޓަގަރީ ‘ސީ’ގެ ލިސްޓަށް 15 ޤައުމެއް މިހާރު ވަނީ އިތުުރުވެސް ކޮށްފައެވެ.

ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ޕާކިސްތާނަށް އެތެރެވުން މަނާކޮށްފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ރާއްޖެއިންވެސް ވަނީ ހުއްޓާލާފައެވެ.

ރާއްޖެއަށް އެތެރެވެފައިވާ ފަރާތްތަކުން ޕާކިސްތަމަށް ދަތުރުކުރުން މަނާކޮށްފައިވާއިރު، ރާއްޖޭގައި މިހާރުވެސް ގިނަ އަދަދެއްގެ ޕާކިސްތާނު މީހުން އެނބުރި ގައުމަށް ނުދެވި ތާށިވެފައި އެބަތިއްބެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close