ކުޅިވަރު

ސާފު ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާއިން 8 ވަނަފަހަރަށް އުފުލާލައިފި

އުރީދޫ ސާފް ޗެންޕިއަން ޝިޕް ފުޓުބޯޅަ މުބާރާތުގެ ފަޚުރުވެރި ތަށި އިންޑިއާއިން 8 ވަނަފަހަރަށް އުފުލާލައިފިއެވެ.

އިންޑިއާއިން މެޗު ކަމިޔާބު ކޮށްފައިވަނީ ގަލޮނު ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗްގައި ނޭޕާލް އާއި ވާދަކޮށް، 3-0 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗު ޑޮމިނޭޓްކޮށްގެން މޮޅަށް ކުޅުނީ އިންޑިއާއެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާއަށް ގޯލެއް ނުޖެހުނު ނަމަވެސް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. މޫސުން ގޯސްވެ ވާރޭ ތެރޭގައި ކުޅުނެ މެދުގެ ފަރަތަމަ ހާފުގައި ނޭޕާލުގެ ފަރާތުން ފެނިފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.

އެގޮތުން ފުރަތަމަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާ ސުނިލް ޗެތްރީއެވެ. އޭގެ ފަހުން 50 ވަނަ މިނެޓުގައި އެޓީމަށް ދެވަނަ ގޯލެއް ކާމިޔާބު ކޮށްދީފައިވަނީ ސުރޭޝް ސިންގް ވަންޖަމްއެވެ.ވަގުތުގައި އިންޑިއާގެ ފަހު ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޝަހާލް އަބްދުލް ސަމަދު އެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހީ ފަސް ގޯލު ޖެހި ޗެތުރީ އެވެ. އޭނާ ވަނީ މުބާރާތުގެ ތާރީހުގައި 18 ގޯލު ޖަހައިފަ އެވެ. އެންމެ ގިނަ ގޯލު ޖެހީ 23 ގޯލު ކާމިޔާބުކޮށްފައިވާ ރާއްޖޭގެ އަލީ އަޝްފާގު ދަގަނޑޭއެވެ. މިއީ އިންޑިއާއިން މިމުބާތުގެ ޗެންޕިއަންކަން ހޯދި 8 ވަނަ ފަހަރެވެ. މިއާއިއެކު އިންޑިއާ ވެފައިވަނީ މި މުބާރާތުގެ އެންމެ ގިނަ ފައިނަލްކުޅެ އެންމެ ގިނަ ތަށި ހޯދި ޓީމަށެވެ.

ލީގު ބުރުގައި ކޮންމެ ޓީމެއް ވެސް ހަތަރު މެޗު ކުޅުނު އިރު އަށް ޕޮއިންޓާ އެކު އެއް ވަނަ ހޯދީ އެއްވެސް މެޗަކުން ބަލިނުވާ އިންޑިއާ އެވެ. ހަތް ޕޮއިންޓާ އެކު ނޭޕާލް ދެ ވަނަ އަށް ދިޔަ އިރު ރާއްޖެ އަށް ތިން ވަނަ ލިބުނީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ބަންގްލަދޭޝް އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު ލަންކާ އަށް ލިބުނީ އެއް ޕޮއިންޓެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close