ދަނގެތީގައި މީހަކު މަރާލި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
އދ.ދަނގެތީގައި ވަރަށް އަނިޔާވެރި ގޮތަކަށް މީހަކު މަރާލި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މަރާލާފައި އޮއްވާ ފެނިފައިވާ ޢުމުރުން 55 އަހަރުގެ، މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި ހައްޔަރުކުރީ ތޮއްޑޫ ދެމީހުންކަމަށް ދަނގެތީން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެއެވެ. ނަމަވެސް މި މައްސަލާގައި މީހަކު ހައްޔަރުކުރިކަމެއް ރަސްމީ އެއްވެސްފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މަހުމޫދުގެ މަރުގެ މައްސަލާގައި އެރަށު މީހުން ތުހުމަތުކުރަނީ އއ.ތޮއްޑޫ ދެމީހެއްގެ މައްޗަށެވެ.
މަހްމޫދަކީ މޮނަލާޒް ރެސްޓޯރަންޓްގެ ނަމުގައި ދަނގެތީގެ ހުޅަނގުފަރާތު އަތިރިމަތީގައި ކެއިންބުއިމުގެ ހިދުމަތްދެމުން އަންނަ ވިޔަފާރިވެރިއެކެވެ. އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ގޭހާއި ކާޑުގެ ބާވަތްތައް ރަށުގެ ގޭގެއަށް ޑެލިވަރީ ކޮށްދެނީ އޭނާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. ރަށުގެ ރައްޔިތުން ބުނާގޮތުގައި މަހުމޫދަކީ ހިތްހެޔޮ މީހުންނަށް ރަނގަޅު މީހެކެވެ.
އެރަށުގެ ރައްޔިތުންގެ ތުހުމަތުތަކާއި ގުޅިގެން ހައްޔަރުކުރި ދެމީހުން މިހާރު ތިބީ ދަނގެތީ ޕޮލިސް ސްޓޭޝަންގައެވެ.
މަހުމޫދަކީ އެރަށުގައި ކެފޭއެއް ހިންގަމުން އަންނަ ވިޔަފާރިވެރި އެކެވެ. އޭނާގެ ތިން ދަރިންނާއި އަތްނބަކު އެބަ ހުއްޓެވެ.

