ޚަބަރު

އަލީ ވަހީދުގެ ވަރުގަދަ އިންޒާރެއް، ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް

ޖިންސީ ގޯނާގެ ތުހުމަތުކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ވަރުގަދަ އިންޒާރެއް، ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ދެއްވައިފިއެވެ.

ގުޅުންހުރި ލިޔުންތައް

ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ރައްދުވާގޮތަށް އަލީ ދެއްވި އިންޒާރެއްގައި ބުނެފައިވަނީ އެމް.އެމް.ޕީ.އާރު.ސީގެ ވަގު ފައިސާގައި ޖެހިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަވެސް ވިލާތުގެ އިދާރާތަކަށް ހުށައަޅާނެކަމަށެވެ.

އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި އަލީ ވަހީދު ގެންދަވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅޭ އެކި ވާހަތައް ހާމަކުރައްވަމުންނެވެ. އޭނާގެ ފާޑުކިޔުން ވަނީ މިސަރުކާރަށާއި، ޕްރޮސެކިއުޓަރ ޖެނެރަލަށާއި، ބައެއް ފަނޑިޔާރުންނަށް އަމާޒުކުރައްވާފައެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި، އަލީ ވަހީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މާލޭގެ ރެހެންދި ފްލެޓުން “ކަޅު ދަބަސް” އުފުއްލެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ފަސް މަގާމުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އޭގެ ފަހުން، ތަފުސީލަށް ވަޑައިގެން އޭނާ ވިދާޅުވީ އޭގެ ތެރޭގައި ރައީސް ވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި އޭގެ ވީޑިއޯ ޕޮލިހުގައި ވެސް ހުންނާނެ ކަމަށެވެ.

އަލީ ވަހީދު މިއަދު ވަނީ އެމް.އެމް.ޕީ.އާރު.ސީގެ ފައިސާގައި ޖެހިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަވެސް ވިލާތުގެ އިދާރާތަކަށް ހުށަހަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އިންތިޒާރު ކުރަނީ ވިލާތުގެ ކޯޓުގައި ހެއްކާ ޤަރީނާގެ މައްޗަށް ދުނިޔެ ކުރިމަތީ ހަޤީޤަތް ހާމަވާނެ ދުވަހަކަށްކަމަށެވެ.

އަލީ ވަހިދު އިނގިރޭސިވިލާތަށް ވަޑައިގެންފައިވަނީ އޭނަގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ދައުވާތައް ކޯޓުގައި ހިނގަމުން ދަނިކޮށެވެ. މިމައްސަލާގައި މިއަދު  ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ވަނީ، ޝަރީޢަތް އޮންލައިންކޮށް ކުރިއަށް ނުގެން ދިއުމަށް ހައިކޯޓުގެ މައްޗަށް ޢަމުރުކުރައްވާފައެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާ ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވިއެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.

އޭނާ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު ދައުލަތުގެ ފަރާތުން މިހާރު ވަނީ އަލީގެ އޯޑިނަރީ ޕާސްޕޯޓު ހިފަހައްޓައި ނުދިނުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އެއް ކޮމެންޓް

  1. އިސްތިއުނާފު ކޮށްފި ނަމަ ވީގޮތެއް އެނގޭނެނު.އިސްތިއުނާފަށް ހުށަހެޅީމަ އަދި އެކަން ނުނިމޭ. ތިޔަ ނޫސްވެރިޔާ ލިޔަން ދަސްކުރި ގޮތާމެދު ?

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close