ޚަބަރު

އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުސްއަބު 30 ދުވަހަށް ސަސްޕެންޑް ކޮށްފި

އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްޓްރީ މުސްއަބު ޢަބްދުﷲ 30 ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ. މުސްއަބް ސަސްޕެންޑް ކޮށްފައިވަނީ އޭނާގެ މައްޗަށްތުޙުމަތު ކުރެވޭ މައްސަލަތަކެއް ތަޙްޤީގުކުރަމުންދާތީކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންނަމަވެސް މުސްއަބުގެ މައްޗަށް ތުހުމަތުކުރަނީ ކޮން މައްސަލައެއްގައި ކަމެއް އިސްލާމިކް މިނިސްޓްރީން ވިދާޅެއް ނުވެއެވެ. މުސްއަބް ސަސްޕެންޑްކޮށްފައިވަނީ މުސާރަ ލިބޭ ގޮތަށެވެ.

މުސްއަބު ސަސްޕެންޑުކުރި އިރު، މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިން މައްސަލާގައި ސިސިލްފަރު ގްރޫޕުން ވަނީ އިސްލާމިކް މިނިސްޓްރީ ޢާއި ދެކޮޅަށް ދައުވާކޮށްފައެވެ. ޢަދި މި މައްސަލާގައި ގިނަ ފާޑުކިޔުންތަކެއް މުސްއަބަށް ވަނީ އަމާޒުވެފައެވެ

ޢިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުސްއަބް ސަސްޕެންޑްކުރިކަމަށް އަންގާ މިއަދު މެންދުރު ބާރަ ޖެހިއިރު ސިވިލް ސަރވިސް ކޮމިޝަނުން ސިޓީއެއް ފޮނުވާފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްޓްރީ މުސްއަބު ޢަބްދުﷲ އެ މަޤާމަށް އައްޔަންކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close