ކޮވިޑް ބަލީގައި މިއަދު ރާއްޖެއިން 3 މީހަކު ނިޔާވެއްޖެ
ރާއްޖޭގައި ކޮވިޑްގެ ޙާލަތު އިތުރަށް ގޯސްވެ މިއަދުގެ މިހާތަނަށް ކޮވިޑް ބަލީގައި ރާއްޖެއިން 3 މީހުން ނިޔާވެއްޖެއެވެ.
ރާއްޖެއިން މިއަދު ނިޔާވެފައިވަނީ ޢުމުރުން 63 އަހަރުގެ މީހަކާއި 76 އަހަރުގެ މީހަކާއި 79 އަހަރުގެ މީހެކެވެ.
އެއީ 2 ފިރިހެނުންނާއި 1 އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑްގެ ޙާލަތު ވަރަށްބޮޑަށް ގޯސްވެ އިއްޔެ އެކަނިވެސްވަނީ މުޅި ރާއްޖެއިން 2000 ށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައެވެ.
މާލެއިން އެކަނިވެސް އިއްޔެ 1200 އަށްވުރެ ގިނަ މީހުންވަނީ ކޮވިޑަށް ފައްސިވެފައެވެ.

