ޚަބަރު

ރަސްފަންނު ސަރަހައްދުގައި ބަންދުކުރި މަގު ހުޅުވައިފި

ރަސްފަންނު ސަރަހައްދުގައި 28 ބުރީގެ 4 ޓަވަރު އެޅުމަށް ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވާ ބިމުގައި އަދިވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެކުންފުންޏާ މަޝްވަރާ ކުރުމަށްފަހު އެސަރަޙައްދުގައި ބަންދުކޮށްފައިވާ މަގު އަލުން ހުޅުވާލައިފިއެވެ.

މި މަޝްރޫޢުއަށް ބިން ހުސްކޮށް، އެ ސަރަޙައްދު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދި އިމާތާރާތް ކުރުމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ.

ކޮރަލް ބޮލެވާޑް ފްލެޓްތައް އިމާރާތްކުރުމަށްޓަކައި ރަސްފަންނު ސަރަހައްދުގައި ބަންދުކުރި މަގު އާންމުންނަށް ހުޅުވާލާފައިވަނީ ކޮރަލް ބޮލެވާޑް ފްލެޓްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏާ މަޝްވަރާކުރުމަށްފަހު ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި އެ ސަރަޙައްދުގައި އިމާރާތްކުރާ ފްލެޓްތަކާމެދު ވަކި ގޮތެއް ނިންމާފައިނުވާ ކަމަށާ، އެކަމާމެދު މަޝްވަރާކުރަމުންދާކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މާލެ ވަށައިގެން ދުއްވޭ ގޮތަށް ރިންގްރޯޑް ހެދުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ތިން ޓަވަރުގައި ހިމެނެނީ 533 އެޕަރޓްމަންޓާއި، 288 ހޮޓެލް ރޫމެވެ. މި ޓަވަރުތަކުގައި 5 ތަރީގެ އެޕަރޓްމަންޓް ހިމެނޭއިރު، ރެސްޓޯރަންޓްތަކާއި ޝޮޕިންގ މޯލާއި، ޕާކު ކުރުމަށް ޚާއްސަ ފަންގިފިލާތައްވެސް ހިމެނެއެވެ. ކޮރަލް ބޮލެވަރޑުންވަނީ ޓަވަރުތަކުގައިގައި ހިމެނޭ އެޕަރޓްމަންތައް ވިއްކަންވެސް ފަށާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close