ޚަބަރު

ކަމާބެހޭ ފަރާތްތަކުން އެއްބާރުލުން ނުލިބުނު ކަމަށްބުނެ ފްލައިން ސުކޫލު އެއްބަސްވުން އެވިޑުން ބާޠިލުކޮށްފި

ޕައިލެޓުން ތަމްރީނު ކުރުމަށް އައްޑޫގައި ހިންގާ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާއެކު ވެފައިވާ އެއްބަސްވުން ، ކަމަބެހޭ މުއައްސަސާތަކުގެ އެެއްބާރުލުން ނުލިބުނު ކަމަށްބުނެ އެވިޑް ކޮލެޖުން ބާޠިލްކޮށްފިއެވެ.

އެވިޑް ކޮލެޖުން ބުނީ އެއްބަސްވުން ބާޠިލްކޮށްފައިވަނީ ތަމްރީނުތަކަށް ސިވިލް އޭވިއޭޝަނުން އެވިޑަށް ލައިސަންސް ދޫކޮށްފައި ނުވާތީއާއެި ކަމާބެގޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުންކަމަށެވެ. އަދި ފްލައިން ސްކޫލު ހިންގަން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭއޭއޭ އަށް ކުއްޔަށް ދީފައިވާ މުއްދަތު ހަމވެފައިވާކަމަށް އެ ކޮލެޖުން ބުނެއެވެ. އެ ކޮލެޖުން ބުނީ އެފަދައެފަދަ ސަބަބުތަކާ ހުރެ “ސޭލްސް އެންޑް ޕާޗޭސް” އެއްބަސްވުން އުވާލާފައިވަނީ ދެ ފަރާތުން އެއްބަސްވެގެންކަމަށެވެ.

އެ ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދު ދާޅުވީ އޭއޭއޭ އާއި އެކު ހެދި އެއްބަސްވުން ބާޠިލްކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެވިޑްގެ އަމިއްލަ ފްލައިން ސްކޫލެއް ތައާރަފް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ފްލައިން ސްކޫލެއް ފަށަން ރާއްޖޭން ބޭރު ފްލައިން ސްކޫލްތަކާ މަޝްވަރާކޮށް ވާހަކަދައްކާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭއޭއޭ ބޮއްސުންލައިގެން ދިއުމުން އެ ތަނުގެ މިލްކިއްޔަތު މިދިޔަ ޖޫން މަހު އެވިޑް ކޮލެޖުން ގަނެ އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާހްކުރިއެވެ. އޭގެ ފަހުން، ފްލައިން ސްކޫލުގެ ކަންކަން ބަލަހައްޓަމުން އައީ އެވިޑް ސްކޫލް އޮފް އޭވިއޭޝަނުންނެވެ

ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޯޓިކްސްއިން ހިންގަމުން އައި އައްޑޫ ފްލައިން ސްކޫލަކީ 2010 އިން ފެށިގެން ހިންގަމުން އަންނަ ތަނެކެވެ. މިތަނުގައި ކިޔަވާ ދަރިވަރުންނަށް އެކަށީގެންވާ ގޮތެއްގައި ތަމްރީނު ނުދެވޭ ކަމަށް ބުނެ މިތަނުގެ ދަރިވަރުންގެ ޝަކުވާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިތަނާއި މެދު ސަރުކާރުންވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.
މީގެތެރޭގައި އެތަނުގައި ކިޔަވައިދެމުން އަންނަ 170 އަށްވުރެ ގިނަ ދަރިވަރުންނަށް ބޭނުންވާވަރަށް މުދައްރިސުން ނެތުމާއި ފްލައިންގެ ގަޑި ހަމަކުރުމަށާއި ކިޔެވުމުގައި ބޭނުންކުރާނެ ބޯޓު ނެތުމުގެ މައްސަލަތައް ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close