ހުޅުމާލޭ ފިޔަވަތީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހުޅުމާލޭ ފިޔަވަތީގައި އަލިފާންގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަނުގައި އަލިފާން ރޯކޮށްލަން އުޅޭ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އަދި ފުރާޅު މައްޗަށް އެތަނުގެ ކުދިންތަކެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ ފުލުހުންނާއެކު ޖެންޑާ މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ބޭފުޅުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބުމާއެކު އެ ސަރަހައްދަށް ދިޔައިރު، އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. އަދި އަލިފާން ރޯވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ފިޔަވަތީގެ ފުރާޅުމައްޗަށް އަރާތިބި ކުދިން ހަޅޭލައްވަމުން ދިޔަ މަންޒަރު ވަނީ އެތަނަށް ދިޔަ ނޫސްވެރިންނަށް ފެނިފައެވެ. އެކުދިން ވަކި ކަންތައްތަކަށް ޑިމާންޑް ކުރަމުން ހަޅޭލައްވަމުން ދިޔައިރު އެ ކުދިންގެ ޢުމުރާ ނުގުޅޭ ބޭއަދަބީ ބަސްތައް ބޭނުންކުރަމުން ހަޅޭލައްވަމުން ދިޔަކަން ފާހަގަވިއެވެ.
