މެނިފެސްޓޯގައި އޮތީ ނިޒާމުގެ ވައުދުގެ ވާހަކަ އެކަނިތޯ؟ – ހައިލަމް
އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ ހަމައެކަނި ނިޒާމުގެ ވައުދުގެ ވާހަކަ އެކަނިތޯ؟ ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ސުވާލު އުފައްދަވައިފިއެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޯލްޑިވްސް ޖުޑިޝަރީ ސަރވިސް ކޮމިޝަންގެ އޮނިގަނޑު ބަދަލުކުރުމަކީ މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު ވައުދުކަމުގައެވެ.
“ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރުމަށް ޕެޓިޝަނާއި ޤަރާރު ހުށަނާޅަނީ ކީއްވެގެންތޯ؟ އިންސާފެއް ނެތޭ ކިޔައިގެން ދޮގު ވިއްކި ދުވަސްމަތިން ހަނދުމަފުޅު ނެތުނީތޯ؟” ހައިލަމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވެއެވެ.
ހައިލަމް މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު ރައީސް ނަޝީދު މިއަދު ވިދާޅުވީ، ނިޒާމީ ވޯޓަކީ މުޅި ރައްޔިތުންގެ ވޯޓެއް ކަމަށާއި، އެއީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫން ކަމަށެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި އެމަނިކުފާނު ތާޢީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް ވެސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.



Noon menfestogai othee sareeah kuran nukerigen faadegge kaatooneh kurahaafai isthiufaadheefai cotun filun