ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ މަޢުލޫމާތެއް ނުދިން
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން އެހީތެރިވުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމެންޓު ބޭންކުން ދޫކުރި ލޯނުތަކުގެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހޯދުމަށް އެދިފައިވަނީ އެސްއެމްއީ ލޯނުތައް ދޫކޮށްފައިވާ ފަރާތްތަކާއި ގަވައިދުން އަނބުރާ ލޯނު ދައްކަމުންދާ ފަރާތްތަކުގެ ތަފުސީލު ހޯދުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ލިޔުމުން ޖަވާބު ހޯއްދަވަން އެދި ވަޑައިގަތް ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އެވެ.
މަޖިލީހަށް މިނިސްޓަރު ފައްޔާޒު ފޮނުއްވި ޖަވާބުގައި ބުނެފައިވަނީ މިހާރު އެސްއެމްއީ ލޯނުތައް ދޫކުރަނީ އެސްއެމްއީ ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ނަމުގައި އުފައްދާފައިވާ ސަރުކާރުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުންޏަކުން ކަމަށެވެ.
އަދި އެ ކުންފުންޏަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ ދަށުން އެ އޮތޯރިޓީގައި މާލީ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުންޏެއް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި މަޖިލީހުން ހޯދަން އެދުނު މައުލޫމާތަކީ އެމްއެމްއޭގެ ޤަވާޢިދުތަކާއި، ކުންފުނީގެ ޤާނޫނީ އަދި ފެޑިއުޝަރީ ޒިންމާތަކާއި، ކުންފުންޏާއި ޚިދުމަތް ހޯދާ ފަރާތްތަކާ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ސިއްރު، ވިޔަފާރީގެ ސިއްރުތައް އެކުލެވޭ، ހައްސާސް މައުލޫމާތު ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
“މި މައުލޫމާތުތަކީ ފިޔަފާރިތަކުގެ ޒާތީ މައުލޫމާތުތަކެއް. އަދި މިއީ ވިޔަފާރިތަކުގެ ސިއްރު ހިމެނޭ ހައްސާސީ މައުލޫމާތުތަކެއް،” މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
ހަމައެހެންމެ ވިޔަފާރީގެ މިފަދަ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާކުރުމަކީ ގާނޫނުތަކާއި ގަވާއިދުތަކާއި އެ ކުންފުނީގެ އުސޫލުތައް ހުއްދަކުރާ ކަމެއް ނޫންކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
އެހެންނަމަވެސް އެ މައުލޫމާތު ހޯއްދެވުމަށް މަޖިލީހުގެ މެންބަރަކު އެދިވަޑައިގަންނަވާފައިވާތީއާއި، އެއީ މަޖިލީހުން ސަރުކާރު ޒިންމާދާރުކުރުވުމާއި، އެސްއެމްއީ ލޯނާ ގުޅިގެން އެ ކުންފުންޏަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމަށް މުހިއްމު ކަމެއް ކަމަށް ފެންނާތީ އެ މައުލޫމާތު ހޯއްދަވަން ހުށަހެޅުއްވި މެންބަރާ އެ މައުލޫމާތު ގާނޫނުން ހުއްދަކުރާ ގޮތެއްގެ މަތިން، ހުއްދަކުރާ މިންވަރަށް ހިއްސާކުރުމަށް އެސްޑީއެފްސީގައި އެދިވަޑައިގެންފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ޚިއްސާ އޮންނަ ގޮތަށް ވަކި މާލީ އިދާރާއެއް އުފައްދައި ލޯނުތައް ދޫކުރަން ފަށާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރަން ރައީސް އިބްރާހީމް މުހައްމަދު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ފުއްދެވުމަށެވެ.




ރައްޔިތުންހޮވާފައި ތިބޭބަޔަކު ހޯދަން ބޭނުންވާ މައުލޫ މާތު
ލިބެންޖެހޭނެ. އެއްވެސްގޮތަކައް މައުލޫމާތު ނުދެވޭނެ ކަމައް
ބުނެވޭނަމަ ރައްޔިތުންގެ ވެރިކަމެއްގައި އެގޮތައް ގަދަބަސް
ބުނާފަރާތެއް އެފަދުގެ މަގާމުތަކުގައި ބެއިތިއްބުމުގެ ފުރުސަތު
ދީގެންނުވާނެ.އެސްއެމްއީ ލޯނުސަރުކާރުން ދިނުމައް ހަމަޖެއްސީ
ކުދިމެދުފަންތީގެ މީހުންގެ ވިޔަފާރި ކުރިއެރުވަން ކަމައް ވެފައި
އެލޯނު ދެވިފައިވަނީ ފައިއާޒު އިސްމާއީލު އެކުނެމިކު މިނިސްޓަރުގެ
ބެލުމުގެ ދަށުން…? ދެންބަލަންވީ ކޮން ފަރާތަކައްތޯ ދެވްނީ.
ބުނެވޭނީ ދައުލަތުން ރައްޔިތުންނައްވާއެހީތައް ފޯރުކޮށްދިނުމައް
ހެދިފައިވާ ޑޮކިއުމަންޓުތައްހުއްނާނެ އިޢުލާންކުރުމުން ޑޮކިއުމަންޓުތައް
ހުށެހެޅީމާ އެފޯމުތައް ފުރާފައިވާ ފަރާއްތަކު މައުލޫމާތު ސާފު ކުރުމައް
ފަހު ޚައްގުވާ ފަރާތަކައް ދިނުންދޯ? ދެންބަލަންވީ ފައިއާޒު އިސްމާއީލުގެބެލުމުގެ ދަށުން އެސްއެމްއީ ލޯނުދެވިފައިވަނީ އެލޯނު
ޚައްގުވާފަރާއްތަކައްތޯ! ޔަޤީނުންވެސް ނޫންކަމުގައި ދެއްނެވޭނީ
ނަމަވެސް އެކަން ތައްބެލުމައް ރައްޔިތުންގެ ބަލަދުވެރިން އެދުމުންވެސް އެބޭފުޅާވިދާޅުވަނީ އެބަލާކައްނުޖެހޭނެކަމައް ނޫންތޯ.
ވަރައްމަތީގައި އެއުޅުއްވަނީ
…ނުދޭނެ ވަރައްމަތީބޭފުޅެއް