ޚަބަރު

އަލީ ވަހީދު ހައްޔަރުކޮށްފައި ހުރިކަން ދިވެހި ފުލުހުންނަށް ކަށަވަރުކޮށްދީފި


ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައިވާކަން ، އޭނާ ހައްޔަރުކުރިތާ 11 ދުވަސް ފަހުން އެ ގައުމުގެ ފުލުހުން ކަށަވަރުކޮށްދީފި އެވެ.

މިދިޔަ މަހުގެ 25 ގައި އަލީ ވަހީދު ހައްޔަރުކުރީ އޯވަސްޓޭ ވެގެން ކަމަށް ކުރިން ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ ދުވަހުގެ ހެނދުނު އަލީ ގޭގައި ހުންނަވަނިކޮށް އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އިނގިރޭސި ވިލާތުގެ ގެޓްވިކްގައި ހުރި ޖަލަކަށެވެ. ނަމަވެސް އޭނާ ހައްޔަރު ކުރިކަން ސަރުކާރުގެ ކަމާ ބެހޭ ފަރަތްތަކަށް އަންގާފައި ނެތް ކަމަށް އައީ ބުނަމުންނެވެ.

ނަމަވެސް، މިރޭ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަލީ ވަހީދު އިމިގްރޭޝަންގެ ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން އެ ގައުމުގެ ފުލުހުންގެ ހަވާލާދީ ދިވެހި ފުލުހުންގެ ހިދުމަތަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

އަލީ ވަހީދު ހައްޔަރުކުރިތޯ ފުލުހުން ބެލީ އިންޓަޕޯލްގައި އެދިގެން ޔޫކޭގެ ކަމާބެހޭ ފަރާތްތައް މެދުވެރިވެގެން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

އަލީ ވަހީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން ރާއްޖެ ވަޑައިގެންފައި ނުވާތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ މަހު ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން ނިންމީ އެ އަމުރު ނެރެ ނުދިނުމަށެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުން އޭނާގެ ޣައިރު ހާޒިރުގައި ނުބެލޭނެ ކަމަށް ހައި ކޯޓުން ނިންމި ނަމަވެސް، މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ މިހާރު ދަނީ މައްސަލަ ބަލަމުންނެވެ. އެހެންނަމަވެސް، އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމެއް އަދި އެނގިފައި ނުވެ އެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބެލި އިރު އަލީ ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ ދެ މަސް ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close