މުއިއްޒު އިސްވެ ހުންނަވައިގެން މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރަންފަށައިފި
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި މާލޭ ސިޓީގެ މަގުތައް ޑިސްއިންފެކްޓް ކުރަން ފަށައިފިއެވެ.
މޭޔަރ ޑރ.މުއިއްޒު އިސްވެހުންނަވައިގެން މާލޭގެ މަގުތަށް ދޮވެ، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށާފައިވާއިރު، މުއިއްޒު ވިދާޅުވީ، މާލެ ޑިސްއިންފެކްޓް ކުރަން ނިންމީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީގެ ވެސް އެދުމުގެ މަތިން ކަމަށެވެ.
މިދިޔަ ހަފުތާގައި އާ ސިޓީ ކައުންސިލުން ވަނީ އެޗްޕީއޭއާ ބައްދަލުކޮށް، މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކޮށްފަ އެވެ.
މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ މަގުތައް ވެސް ސާފުކުރަން ވަނީ ނިންމައިފަ އެވެ.
މާލޭ ސިޓީގެ މޭޔަރުކަމާއި ޑރ. މުއިއްޒު ހަވާލުވެ ވަޑައިގަތުމަށްފަހު، މާލޭގެ އާންމު ހާލަތު ރަގަޅުކުރުމަށް ސިޓީ ކައުންސިލުން އިސްނަގައިގެން ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ.
އެގޮތުން ފެންބިލާއި، ކަރަންޓް ބިލަށްވެސް ލުއިދިނުމަށް ޑރ.މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.
