ޚަބަރު

މާލޭ ސިޓީގެ ކުރީގެ މޭޔަރު ސަމާހު ޕީޕީއެމާ ގުޅިވަޑައިގެންފި

މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ސަމާހު ރަޝީދު އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.

ސަމާހު ޕީޕީއެމާ ގުޅިވަޑައިގެންފައިވަނީ ރޭ ޕީޕީއެމުން ކާނިވާ ސަރަހައްދުގައި “އައްޑަނަ”އިގެ ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

ސަމާހު ޕީޕީއެމާ ގުޅިވަޑައިގެން، ޕާޓީގެ ފޯމާ ހަވާލުވެލެއްވީ މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުުއްރަހީމް އަބްދުﷲއެވެ.

ސަމާހަކީ އެމްޑީޕީގެ އެންމެ ފުރަތަމަ މެމްބަރުންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ މެމްބަރެކެވެ. ޕީޕީއެމަށް މިރޭ ގުޅިވަޑައިގަތުމާ ހަމައަށް ވެސް އޭނާ ހުންނެވީ އެ ޕާޓީގައެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަން ކުރައްވާފައިވާ ސަމާހު ކައުންސިލަށް އިންތިހާބުވެވަޑައިގަތީ ވެސް އެމްޑީޕީގެ ޓިކެޓުގައެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގެ ތެރެއިން ޕާޓީއާ އަލަށް ގުޅުނު 80 އާއްމު މެމްބަރެއްގެ ފޯމުތައް ވެސް ވަނީ ހަވާލުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close