ޚަބަރު

ބައިސްކަލަކާއި ޕިކަޕެއްޖެހި ތިލަފުށީގައި އެކްސިޑެންޓެއް ހިނގައިފި

ބައިސްކަލަކާއި ޕިކަޕެއްޖެހި ކ. އަތޮޅު ތިލަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެރަށުގައި ޕިކަޕަކާއި ބައިސްކަލެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު 16:50 ހާއިރު ލިބިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ބައިސްކަލް ދުއްވަން އިން ބިދޭސީ ފިރިހެނަކަށެވެ.

އޭނާ މާލެ ގެނެސް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

އެކްސިޑެންޓްގެ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close