ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަކީ އަޚުލާޤު ދަށް، މަސައްކަތަށް ގާބިލް ނޫން މުވައްޒަފުން – ފެނަކަ
ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަކީ އެމުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤު ދަށް، އަދި ކުރަން ހަވާލްކުރާ މަސައްކަތަށް ގާބިލް ނޫން މުވައްޒަފުންކަމަށާއ، ސިޔާސީ އެއްވެސް މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.
ފެނަކައިން މިހެން ވިދާޅުވެފައި މިވަނީ ސިޔާސީ ކަންކަމާ ގުޅިގެން އެކުންފުނީގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރުމާ ގުޅިގެންނެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިހާރު ދެކުނުގެ ބައެއް ރަށްރަށަށް ކުރަމުންދާ ދަތުރުތަކުގައި އިދިކޮޅު ފަރާާތްތަކަށް މަރުޙަބާކިޔަންދިޔަ ފެނަކައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.
އެހެންނަމަވެސް ފެނަކައިން އެކަން ދޮގުކުރައްވައެވެ. އެކުންފުނިން ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަކީ އެމުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤު ދަށް، އަދި ކުރަން ހަވާލްކުރާ މަސައްކަތަށް ގާބިލް ނޫން މުވައްޒަފުންކަމަށެވެ.
އަދި ވަޒީފާއިން ވަކިކޮށްފައިވަނީ ފެނަކައިގެ މަޝްރޫއެއްގައި 3 މަސްދުވަހުގެ މުއްދަތަކަށް މަސައްކަތްކުރަމުން ދިޔަ ވަގުތީ މުވައްޒަފުންްތަކެއްކަމަށެވެ.
ފެނަކައާ ގުޅޭގޮތުން ހަޤިޤަތާ ޚިލާފު ވާހަކަތައް ބައެއް މީޑިއާތަކުން ޝާއިޢުކޮށްފައިވާކަމަށާ އެކަމާ ހިތާމަކުރާކަމަށް އެކުންފުނިން ވިދާޅުވެއެވެ.



DHEN ALHUGANDHU VAZEWFAAIN VAKI KUREE AHULAAGU DHAVE MASAKATHA FARUVAAKUDA VEGENTHO KITHAME VARAKA DHOGU BUNIYA MAAI ALLAH HURIHAAKAME BALAVAAFARAATHAKEE IRAADHUKUREVOYAA ADHI ANNAANE ALHUGANDHI MENA VES DHUVAHE INSHA ALLAH