ޚަބަރު

ﷲ އަށް ވަކީލުކުރުމަކީ، ދެއަތް އުރާލައިގެން ތިބުމެއް ނޫން – ޚުޠުބާ

ﷲ އަށް ވަކީލުކުރުމަކީ، އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ކިޔައިގެން ދެއަތް އުރާލައިގެން ތިބުމެއް ނޫންކަމަށް މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ހިޖުރައިގެ މި މަތިވެރި ޙާދިޘާ އިން އަޅުގަނޑުމެންނަށް ގިނަގުނަ ޢިބްރަތްތަކެއްލިބެއެވެ. ކަންކަމުގައި ﷲ އަށް ވަކީލު ކުރަންޖެހޭކަމީ، ހިޖުރައިގެ ޙާދިޘާއިން އަޅުގަނޑުމެންނަށް ލިބޭ ފިލާވަޅެކެވެ. ﷲ އަށް ވަކީލުކުރުމަކީ، އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ކިޔައިގެން ދެއަތް އުރާލައިގެން ތިބުމެއް ނޫނެވެ. ވަކީލުކުރުމަކީ، ކަންކަން ކުރުމަށް އައިސްފައިވާ ވަސީލަތެއްގެ ބޭނުން ހިފުމާއެކު، ﷲގެ ޙަޟްރަތުން ރައްކާތެރިކަން ލިބޭނޭކަމަށް ޔަޤީންކޮށްގެން ހުރުމެވެ. ހިޖުރައަށް ނުކުމެ ވަޑައިގަތުމުގެ ކުރިން ވަނީ ފުރިހަމައަށް ވަކީލު ކުރައްވާފައެވެ.

ހިޖުރައިގެ މަތިވެރި ޛިކްރާ، ގުޅިފައިވަނީ، ރަސޫލާ  ﷲ ގެ ހިޖުރަ ކުރައްވައި މައްކާއިން މަދީނާ އަށް ވަޑައިގެންނެވި މަތިވެރި ޙާދިޘާއާ އެވެ. ﷲގެ މަގަށް ގޮވާލައްވަން މައްކާގައި އެކަލޭގެފާނު ތޭރަ އަހަރު ހުންނެވުމަށް ފަހު، އެރަށުގެ އަހުލުވެރިންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ލިބިވަޑައި ނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލަން އެބައިމީހުން ދިޔައީ ރާވަމުންނެވެ. އެހިނދު ﷲގެ އަމުރުފުޅަށް އެކަލޭގެފާނު މަދީނާއަށް ހިޖްރަކުރެއްވިއެވެ. އެ ހިސާބުން ފެށިގެން ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅިގެން ދިޔައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close