ޚަބަރު

ނިޒާމް ބަދަލުކުރުމުގެ ކުރިން ރައީސް އަޒުލުކޮށް ރައްޔިތުން ބޭނުންވާ ރިފޯމް އަށް މަގުފަހިކޮށްދޭންޖެހޭ: މަލީހް

ނިޒާމުގެ ވާހަކަ ދައްކެމުގެ ކުރިން ޤައުމު މިއޮތް ސުކޫތުން އަރައިގަތުމަށް އެމްޑީޕީގެ 65 މެމްބަރުން އެކައްޗެއްކިޔާ ރައީސް އަޒުލުކޮށް  ރައްޔިތުން ބޭނުންވާ ރިފޯމްއަށް މަގުފަހިކޮށްދޭންޖެހޭ ކަމަށް މިސަރުކާރުގެ ފުރަތަމަ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައިވަނީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުގައި ހިމެނޭ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް އެދި ތައްޔާރުކުރަމުންދާ ޕެޓިޝަނަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

މިޤައުމު ނުހިނގާ. ބަދަލަކަށް އެއްމެން އެކައްޗެއް ކިޔަންޖެހޭ.

މުޙައްމަދު މަލީހު

ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް، އެނިޒާމު ރާއްޖެއަށް ގެނައުމަށްޓަކައި، ރައީސް ޞާލިހުއަށް ހުށަހަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރެއްވުމަށް އެންޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދަކީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަށްޓަކައި، އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ސިޔާސީ ލީޑަރެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ރައީސަށް ހުށަހަޅާ ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސް އަޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close