ޚަބަރު

ކުލަބް ހައުސްގައި އަޅުގަނޑޭ ކިޔައިގެން އެބަ ފިތުނަ އުފައްދާ – ނަޝީދު

ކްލަބް ހައުސް މީސް މީޑިއާ އެޕްލިކޭޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ބޭނުންކޮށްގެން “ފިތުނަ އުފައްދަމުންދާ” ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައި ވަނީ “ކޮންމެ ވެސް މީހަކު އަޅުގަނޑުގެ ނަމުގައި ކްލަބް ހައުސްގައި އެބަ ވަރަށް ފިތުނަ އުފައްދާ، އަޅުގަނޑުގެ ހަމައެކަނި އެކައުންޓްއަކީ މުހައްމަދު ނަޝީދުގެ ނަމުގައި ހަދާފައި އިން އެކައުންޓް،” ކަމަށެވެ.

ކްލަބް ހައުސްގައި އެ ވާހަކަތައް އެ ގޮތަށް ދައްކަނީ ކާކު ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކްލަބް ހައުސްގައި ފިތުނަ އުފައްދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް “އެލެކްސް އަހުމަދު” ނަމުގައި އުފައްދާފައިވާ ޓްވިޓާ އެކައުންޓުން ވެސް ޓްވީޓެއް ކުރިއެވެ. އަދި އޭނާގެ އެކައުންޓަކީ އަނެއް ދިވެހިރާއްޖެ އަދި އެލެކްސް އަހުމަދު ނަމުގައި ފޭސްބުކްއާއި ޓްވިޓާގައި އުފައްދާފައިވާ އެކައުންޓް ކަމަށް ލިޔެފައިވެއެވެ.

އެ އެކައުންޓުން ކުރި ޓްވީޓްގައި ވެސް އޮތީ ގާތްގަނޑަކަށް ނަޝީދު ކުރެއްވި ޓްވީޓްގައި އޮތް އިބާރާތްތަކެވެ.ސާފުކޮށްދޭން އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ލިޔުއްވާފައިވެއެވެ.

އެލެކްސް އަޙްމަދު ގެ ނަމުގައި ހަދާފައިވާ ޓްވިޓަރ އެކައުންޓަކީވެސް ރައީސް ނަޝީދުގެ އެކައުންޓެއްކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި އެ ކައުންޓު ޓެގް ކުރައްވާ ރައީސް ނަޝީދުގެ އާއިލާ ބޭފުޅުންނާއި އަރިސް ބޭފުޅުން ޓްވީޓް ކުރައްވާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ.

އެއް ކޮމެންޓް

  1. Thivaani ei hama thi manikufaanu kamah.
    Dhe bo geri dhuhvani dhehtho. Siyaasee beyfulhun hadhavafaane konmefadha bodu ithurufulhehves. Manikufaanu vidhaalhuvi dhaulaih hingan beynunvani 2 computer 5 resort kamahves. Ekam ehenehnuvi. Meege ithurunves gunaa adhadhu nukureveyvarah manikufaanu ithurufulhu hahdhavaafa eba huri. Dhen aduiveygithuga “Alex” kiya account ehves gengulhey dhehtho rahyithun haaruvan.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close