ޚަބަރު

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ މިހާތަނަށް ދީފައިވާނީ 3 ފަރާތަކަށް – އިކޮނޮމިކް

މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ހުއްދަ ދޫކޮށްފައިވާނީ 3 ފަރާތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ހާމަކޮށްފައިވަނީ އެއީ 3 ރެސްޓޯރަންޓަކަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ދަ ސީހައުސް، ސަފްރޮން ކެފޭ އަދި ނައިސް އެން ސްޕައިސް އަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ބުނެފައިވަނީ، މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް 8 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. މިގޮތުން 4 ފަރާތެއްގެ އިންސްޕެކްޝަން ނިމި އެފަރާތްތަކަށް ހުއްދަ ދިނުމަށް ތައްޔާރުވަމުންދާކަމަށް އޭރު ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޭ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުމާއި، 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށްވުން ހިމެނެއެވެ.

މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޭ ސަރަހައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު، ކަނބާއައިސާރަނި ހިނގުން، ފަރީދީމަގު، ސޯސަންމަގު، މެދުޒިޔާރަތްމަގު، ޖަނަވަރީމަގު، މަޖީދީމަގުގެ އިތުރުން ބުރުޒުމަގު، އޯކިޑުމަގު، އަމީނީމަގު އަދި ލޮނުޒިޔާރަތްމަގު ހިމެނެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ހުއްދައަށްއެދޭ ހުރިހާ ފަރާތްތަކަށްވެސް ޝަރުތު ހަމަވާނަމަ ހުއްދަދޭނެކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close