މާލޭގެ މިސްކިތްތައް ސީސީޓީވީ ނެޓްވޯކަކުން ގުޅާލަނީ
މާލޭ ސިޓީގެ ހުރިހާ މިސްކިތްތަކެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް މިސްކިތްތައް މޮނިޓަރ ކުރަން ފަށްޓަވާނެކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނުގެ މީހުންނަށް ހާއްސަކޮށް ރޭ ބޭއްވި އަވަށު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު އެހެން ވިދާޅުވީ މުޅި މާލެ ސީސީޓީވީން ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން ސީސީޓީވީ ނެޓްވޯކުން މިސްކިތްތައް ގުޅާލުމަށް ނިންމާފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލަރުންގެ ބައްދަލުވުމުގައި އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ވާނެކަމަށެވެ. އަދި ޑރ. މުއިއްޒު ވިދާޅުވީ އެ ނިޒާމު މައިގަނޑު ގޮތެއްގައި ބަލަހައްޓާނީ ކައުންސިލުން ކަމަށެވެ.
އޭގެ އިތުރުން އެކަމާ ގުޅިގެން ފުލުހުންނާ މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޕޮލިހުންގެ އެހީތެރިކަމާ އެކީ މުޅި މާލޭގައި ހުރި 40 އަކަށް މިސްކިތް ސާވޭ ކޮށް، ކޮންމެ މިސްކިތެއްގައި ކެމެރާ ހަރުކުރާނެ ތަންތަނާ ހަރުކުރާނެ ބާވަތާ އެ ހުރިހާ ކަމެއް ބަލާ އަންދާޒާ ކޮށްފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފައްޓަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.


Hiyeh nuvey thikan vedhaane heneh. Vaudhuvi miskihthah Air condition kuranves. Veekameh haraa.
Ehen nooni hiley gaaih bayaku muhsandhi konlan thi ulgeni.