ޚަބަރު

ކަރަންޓީނުކޮށްފައިވާ ދަރިވަރުން އިމްތިހާނު ހަދާނީ ވަކި ހޯލެއްގައި

ކަރަންޓީނުކޮށްފައިވާ ދަރިވަރުން އޭ ލެވެލް އަދި އޯ ލެވެލް އިމްތިހާނު ހަދާނީ ވަކި ހޯލެއްގައި ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.

ޑީޕީއީ އިން އެކުލަވާލި އުސޫލުގައި ވާގޮތުން އެޕްރީލް މަހުގެ 26 ވަނަ ދުވަހުންފެށިގެން އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހާ ހަމައަށް އިމްތިހާނު ހަދާ ދަރިވަރުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެގެން އައިސޮލޭޓްކުރާ އަދި ކަރަންޓީންކުރާ ދަރިވަރުންނަށް އިމްތިހާނު ދިނުމުގައި އަމަލުކުރާނީ އެ އުޞޫލާ އެއްގޮތަށެވެ.

ޑީޕީއީ އިން ހަދާފައިވާ އުސޫލުގައި ވަނީ މާލެ ސަރަހައްދުގައި އައިސޮލޭޝަނުގައި ތިބި ދަރިވަރުން އިމްތިހާނު ހޯލަށް ގެނައުމާއި ގެންދަން އެޗްޕީއޭ އާއި ޑީޕީއީ އަދި އެޑިއުކޭޝަން ސްޕަވިޒަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަން (އެސްކިޑް) އިން އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. ކަރަންޓީނުގައި ތިބޭ ދަރިވަރުން ވަކި ހޯލުގައި އިމްތިހާނު ހަދާއިރު، އެ ތަނަށް ހާޒިރުވާނީ އަދި އަނބުރާ ދާނީ ބެލެނިވެރިއަކާއެކު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ބުނެފައި ވެ އެވެ.

މާލޭގައި އައިސޮލޭޓް ކޮށްފައިވާ ދަރިވަރުން އިމްތިހާނު ހޯލަށް ގެންދާނީ އެޗްޕީއޭގެ ބެލުމުގެ ދަށުންނެވެ. އެހެނިހެން ރަށްރަށުގައި ޓާސްކްފޯސް ބެލުމުގެ ދަށުންނެވެ. އައިސޮލޭޓްކޮށްފައިވާ ދަރިވަރުން އިމްތިހާނު ނިންމުމަށް ފަހު އެ ކެންޑިޑޭޓަކު އައިސޮލޭޓްކޮށްފައިވާ ތަނަކަށް ގެންދަން ޖެހޭނެ އެވެ.

މިއަހަރު އޭލެވެލް ދަރިވަރުންގެ ފަހު އިމްތިހާނު މިމަހުގެ 26 ވަނަ ދުވަހުވަނީ ފެށިފައެވެ.  އޯ ލެވެލް އިމްތިހާނު ފަށާނީ މެއި މަހުގެ 2 ވާ އާދީއްތަ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close