ޚަބަރު

ބޮޑަށް އަނިޔާވެފައިވަނީ ރޭޒަރ ފުއްތަކެއް ހަށިކޮޅުގެ އެކިތަންތަނަށް ވަދެފައި ހުރުމުން – ޑޮކްޓަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފުއްޕާމެ ފޫއަޅައިގެން ގޮސްފައި ހުރިކަމަށާއި، އެންމެބޮޑަށް ސީރިއަސްވެ ބޮޑަށް އަނިޔާވެފައިވަނީ ހަށިކޮޅުގެ އެކިތަންތަނަށާއި، ފުއްޕާމެޔަށްވެސް ދަގަނޑުގެ އެތިއެތި ކޮޅުތަކަކާއި އަދި ރޭޒަރ ފުއްތަކެއް ވަދެފައި ހުރުމުން ކަމަށް އެމަނިކުފާނަށް ފަރުވާދެއްވަމުންދާ އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.

އެ ޓީމުން މިގޮތަށް ވިދާޅުވީ، އެ ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރ ޑރ. އަބްދުﷲ ނިޔާފް ވަނީ ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ހަށިގަނޑަށް ދަގަނޑު އެތިކޮޅުތަކާއި އިތުރު އެހެން އެޗެއްހިތަކެއް ވެސް އަރާފައި ހުރިކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން އެތިކޮޅެއް ފުއްޕާމެ އާއި ކައިރީގައި ހުރުމުން އެންމެ އަވަހަށް އަވަސްވެގަތީ ފުރާނަ އަށް ނުރައްކާ ނުވެ ރައީސް ނަޝީދަށް ފަރުވާ ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

“ދަގަނޑު އެތިކޮޅުތަކެއް ހުރި އެއްވަރެއްގެ ޔުނިފޯމް އެތިކޮޅުތަކެއް. އަޅުގަނޑުމެންނަށް އެނގުނީ ފުއްޕާމޭ ތެރޭގައި އޭގެ އެތިކޮޅެއް އިންކަން. އެއީ މިވަގުތު ފުރާނަ އަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބަލާ އެންމެ ފުރަތަމަ ދޭން ޖެހޭ ފަރުވާ ދޭން ހަރަކާތްތެރިވިން.” އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭ ޑޮކްޓަރުންގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަނީ – ވަގުތު އިމޭޖްސް: އަހުމަދު ޖައިޝާން

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކަށީގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަރު ޔޫސުފް ޝާން ވިދާޅުވީ އެ ހަމަލާގައި ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ބޭނުން ކުރި ދަގަނޑު އެތިކޮޅެއް ރައީސް ނަޝީދުގެ ފުއްޕާމެ އަށް އެރިކަމަށެވެ. އަދި އެ އެތިކޮޅު އިނީ ރައީސް ނަޝީދުގެ އަރިކަށިގަނޑުގެ ހަތަރު ވަނަ ކަށިގަނޑަށް އަރާފައި ކަމަށާއި އެ ކަށިގަނޑު ހުރީ އެއްކޮށް ފުނޑިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

“ލަންގް އިންޖަރވި މާނަ އަކީ އޭތި ފޫ އަޅާފައި ދިޔަ ވާހަކަ. އެހާ ހައިވެލޯސިޓީ ރޭޒަރ ފުކެއް ވީމަ ވާގޮތަކީ ފުއްޕާމޭ ނޫފައިގަންނާނެ. ފަންގްޝަން އަށް އަސަރު ކުރާނެ. މީތި އަސްލު އިނީ ހަތަރު ވަނަ ރިބްގައި ޖެހިފައި ރިބް އިނީ ފުނޑިފައި. އެއީ އެއަށް ވުރެ ތިރިން ގޮސް ހިތަށް އެރި ނަމަ ވަރަށް ނުރައްކާ ވާނެ.” އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރ ނިޔާފް ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު މިވަގުތަށް ސްޓޭބަލް ނަމަވެސް އިންފެކްޝަން އުފެދިދާނެކަމަށް ލަފާކުރެވޭތީ ކުރިއަށް ވަރަށްބޮޑު ރިކަވަރީއެއް އޮތްކަމަށެވެ. އެހެންކަމުން އަދި އެމަނިކުފާނު ޑިސްޗާރޖް ކުރުމުގެ އެއްވެސް ޕްލޭނެއްނެތްކަމުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close