ދީން

މުސްލިމުންގެ ލެޔާއިމެދު ރައްކާތެރިވާށެވެ. (ދެވަނަބައި)

އަދި މިފަދަ ފިތުނައާއިމެދު، ނަބިއްޔު ﷺ ޙަދީޘް ކުރައްވާފައިވާ ފަދައިން: ”އެހިނދުގައި އިށީނދެ އިންނަމީހާ ކޮޅަށް ހުރި މީހާއަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ. އަދި ހިނގާ މީހާއަށްވުރެ ކޮޅަށްހުރި މީހާ ހެޔޮކަން ބޮޑެވެ. އަދި ދުވާ މީހާއަށްވުރެ ހިނގާ މީހާ ހެޔޮކަން ބޮޑުވެގެން ވެއެވެ.“

އަދި އެމީހެއްގެ އަތް ފިތުނައިން ﷲ ޠާހިރު ކުރައްވައިފިމީހެއް، ފަހެ އޭނާގެ ދޫ ޠާހިރުވެއެވެ. އަދި މިއިން ދުރުކޮށް ދެއެވެ…

ވީމާ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް މުސްލިމުތަކުންގެ ލެޔާއިމެދު ﷲ އަށް ބިރުވެތިވުން ވާޖިބުވެގެންވެއެވެ. އެހެންކަމުން ޙައްޤަކާއި ނުލައި އެނުއޮހުރުވާށެވެ. އަދި ހަމައެކަނި ކުރެވޭ ހީއާކަށް އަދި ޝައްކަކަށް އެ ނުއޮހުރުވާށެވެ.

ގުޅުންހުރި ލިޔުންތައް

އަދި ފިތުނައިގެ ތެރެއަށް ފީނުންވެސް ހުއްދަ ވެގެންނެއް ނުވެއެވެ. އެއީ ދެން މީހެއް މަރައިލެވި އޭނާ އަށް އޭނާ މަރާލެވުނު ސަބަބެއްވެސް ނޭގިދާ ގޮތުގައެވެ. އަދި އެހެން މީހެއް މީނާ މަރާލައި މަރާލެވުނު ސަބަބެއް ނޭގޭ ގޮތުގައެވެ. އަދި ފިތުނަ އަކީ ބިޔަވެ ބޮޑުވާ އެއްޗެކެވެ. ދެން އެ ފެތުރިދެއެވެ. އަދި ސަލަފުން ފިތުނައިގެ ވަޤުތުތަކަށް އެދުމުންވެސް ދުރުވެވަޑައިގެންނެވިއެވެ.

الحَرْبُ أَوَّلُ ما تكونُ فَتِيَّةً

ހަނގުރާމައީ ފެށުމުގައި ޒުވާންފަދަ އަންހެނެއް

تَسْعَى بِزِيْنَتِها لكلِّ جَهُولِ

އާޝޯހުގައި ވާވައްދުވާ ކޮންމެ ކޮންމެ ޖާހިލެއް

حتى إذا اسْتَعَرَتْ وَشَبَّ ضِرَامُها

އެކެކިއަލިފާން އޭގެ ބުރަ ޖެހިއްޖެއުމާ ހަމަށް

عَادَتْ عَجُوزًا غيرَ ذاتِ خَلِيلِ

ވެދޭ ދެން ވާލުނެތް ރޫއެރި ހުވަފަތަށް ހަމަ

شَمْطَاءَ جَزَّتْ رَأْسَهَا وَتَنَكَّرَتْ

ނުރަ ބޮލާއި ކުލަވެއްޓިފައިވާ އިންކާރަކަށް

مَكْرُوهَةً لِلشَّمِّ والتَّقْبِيلِ

ވަސްވިޔަސް ބޮސްވިޔަސް ހަމަ މަކުރޫހަކަށް

ޤުރުއާނަކީ މަޚްލޫޤެއް ކަމަށް ދަޢުވާ ކުރެވެން ފެށުނު އިރު، އިމާމް އަޙްމަދު رحمه الله މިފަދައިން އިންކާރު ކުރެއްވިއެވެ. އެކަލޭގެފާނުގެ ބަޔެއް އަޞްޙާބުން ދެންނެވިއެވެ: ”އޭ އަބޫ ޢަބްދު ﷲ އެވެ! އެއުރެން އަހަރެމެންނަށް ގޮވާލަނީީ ކުފުރަށެވެ. އަހަރެމެން އެއުރެންނަށް މިގޮވަނީ އިސްލާމް ކަމަށެވެ. ފަހެ އެއުރެންނާއި ދެކޮޅަށް އަހަރެމެން ހަތިޔާރު އުފުލާން ވީ ނޫންހެއްޔެވެ؟“ ވިދާޅުވިއެވެ: ”ނޫނެކެވެ! ކަލޭމެންނާއި މުސްލިމު ތަކުންގެ ލޭ ރައްކައުތެރި ކުރާށެވެ. އެއީ ތަޤްވާވެރިޔާ  ހިންދަމާލެވޭން ދެނެވެ. އަދި ފާޖިރުވެއްޖެ މީހާ ހިންދަމާލާން ދެނެވެ.“

(ނިމުނީ)

— އައްޝައިޚް އަލްމުޙައްދިޘް، ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން – މަޞްދަރު

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close