ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ނިންމާ ޢަލީ ވަޙީދަށް ޖަލު ޙުކުމެއް އިއްވައިފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވައިފިއެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ސުޕްރީމް ކޯޓުގައި މިއަދު ވަނީ އަޑުއެހުމެއް ބާއްވައިފައެވެ. އަލީ ވަހީދު ޝަރީއަތަށް މިއަދުވެސް ހާޒިރެއްނުވިއެވެ.
ސުޕްރީމް ކޯޓަށް މިއަދު 13:00 ޖަހާއިރަށް ހާޒިރުވުމަށް އަލީ ވަހީދަށް އަންގާފައިވާއިރު މިއަދުގެ އަޑުއެހުމަށްވެސް އަލީ ވަހީދު ހާޒިރުނުވުމުގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.