ޚަބަރު

މުދައްރިސުން ލައިސަންސް ނެތި ކިޔަވައި ނުދެވޭގޮތަށް ބިލު ފާސްކޮށްފި

ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުން ކިޔަވައިދިނުމުގެ ލައިސަންސް ނެތި ކިޔަވައިދިނުމުގައި ޙަރަކާތްތެރި ނުވެވޭގޮތަށް ތަޢުލީމުގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން ފާސްކުރި މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 55 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ތަޢުލީމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒުއެވެ.

ފުރަތަމަ މި ބިލު ޤައުމީ ތަރައްޤީއާއި ތަރިކައިިގެ ކޮމިޓިން އިސްލާހު ގެނައުމަށްފަހު ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ. އަދި އެއަށްފަހު އެ ބިލު ދެވަނަ ފަހަރަށް ތަޅުމަށް ފޮނުވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ކޮމިޓީން މިބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ބިލުގެ 11 ވަނަ މާއްދާގައި އަޚުލާޤީ ގޮތުން ދަށް ފެންވަރުގެ ކުދިންގެ ސަބަބުން އެހެން ކުދިންނަށް ކުރާ ނޭދެވޭ އަސަރުގެ ޒިންމާ އެކުއްޖަކު އުފުލަން ޖެހޭނެ ކަމަށް ބުނާ އަކުރު އުނިކުރަން ކޮމިޓީއިން ވަނީ ނިންމާފައެވެެ.

އަދި ފަށާ ތަޢުލީމަކީ ގްރޭޑް އެކަކުން ފެށިގެން ހައެއްގެ ނިޔަލަށް ކަމަށް ކޮމިޓީއިން ކަނޑައަޅާފައިވެއެވެ.

މީގެ އތުރުން ޘާނަވީ ތަޢުލީމަކީ ގްރޭޑް ހަޔަކުން ފެށިގެން 10 ގެ ނިޔަލަށް ކަމަށް ކަނޑައަޅާފައިވާ ބައި ބަދަލުކޮށް ޘާނަވީ ތަޢުލީމަކީ ގްރޭޑް ހަތަކުން ފެށިގެން 10 ގެ ނިޔަލަށް ކޮމިޓީއިން ކަނޑައެޅިއެވެ.

ތަޢުލީމާ ބެހޭ ބިލުގައި ވަނީ ތަޢުލީމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ މަސްދުވަހުގެ ތެރޭގައި، މުދައްރިސުން ރަޖިސްޓްރީކުރުމާއި ގުޅޭ އެންމެހައި، ކަންތައްތައް ކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އުފައްދަންވާނެ ކަމަށް ބުނެފައެވެ.

އަދި ޤާނޫނަށް ޢަމަލު ކުރާއިރު ޚިދުމަތުގައި ތިބި މުދައްރިސުން ޤާނޫނަށް ޢަމަލުކުރަންފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބޯޑުގައި ރަޖިސްޓްރީ ކުރުމަކާނުލައި އެއްވެސް ސްކޫލެއްގައި އަދި އެނޫންވެސް ރާއްޖޭގައި ހިންގާ އެއްވެސް ކިޔަވައިދޭ ތަނެއްގައި މަސައްކަތް ކޮށްގެންނުވާނެކަމަށް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެ ބޯޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ އެއްވެސް ސްކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް ތަޢުލީމުގެ ބިލުގައި ވަނީ ބުނެފައެވެ.

މި ބިލުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރީ ކުރުމަކާ ނުލައި ތައުލީމުދޭ ތަންތަން ހިންގާ ކަމުގެ ޝަކުވާއެއް ނުވަތަ މައުލޫމާތެއް ލިބިއްޖެ ނަމަ އެކަމެއް ބެލުމަށްޓަކައި، އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ ބާރު މިނިސްޓްރީއަށް، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި އެފަދަ ތަނެއް ހިންގަނީ ޤާނޫނާ ހިލާފަށް ކަމަށްވާނަމަ ރަޖިސްޓްރީ ކުރުމަށް އެންގުމާއެކު ވަގުތުން ބަންދުކުރުމަށް އެންގުމުގެ ބާރު ވެސް ވަނީ ދީފައެވެ.

މަޖިލީހުން ފާސްކުރި ބިލުގައި ވަނީ ކޮންމެ ސްކޫލެއްގައިވެސް އިސްލާމީ އަޤީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންޖެހޭނެކަމަށް ކަނޑައަޅާފައެވެ. މިގޮތުން ޕްރީސްކޫލް ތައުލީމާއި ފަށާ ތައުލީމާއި، ސާނަވީ ތައުލީމާއި، މަތީ ސާނަވީ ތައުލީމު، އުގަންނައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ ކުއްޖަކަށް އިސްލާމީ އަޤީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންވާނެ ކަމަށާއި ދިވެހި ބަސް ކިޔަވައިދޭން ވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެއް ކޮމެންޓް

  1. އަޅެ މީހަކު ދެބޯ ބުރާންޗެއް ނުވާނެތަ. ކޮންމެ ޓީޗަރަކީ އެތައްއަހަރެއް ވަންދެން ސަރުކާރުން އެމްކިޔުއޭ ޤަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފުރިހަމަކޮށްގެންތިބި ބޭފުޅުން . އެބޭފުޅުން އަނެއްކާ އިތުރު ލައިސަންސެއް ހޯދަން ދާންޖެހެނީ ކޮންތާކަށްބާ. އަދި ކޮންފެންވަރެއްގެ ބަޔަކުބާ މި ބުނާ ލައިސަންސެއް ދެނީ.. މި އޮތީވާ ސަރުކާރެއް. ސާބަހޭ އިބޫ ….

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close