14:00 ގައި މަނަދޫން ކަރަންޓް ކަނޑަނީ
މިއަދުގެ 14:00 ން ފެށިގެން އިރުއޮއްސި 6:00 އާ ދޭތެރޭ މަނަދޫން ކަރަންޓް ކަނޑާނެކަމުގައި، ފެނަކަ ކޯޕަރޭޝަން މަނަދޫ ގޮފިން ބުނެފިއެވެ.
ނާރެސް މީޑިޔާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަރަންޓް ކަނޑަނީ މަނަދޫ އިންޖީނުގޭގައި މިހާރު ބޭނުންކުރާ ކޮންޓްރޯލް ޕެނަލްބޯޑުގެ ފެންވަރު މަތިކުރުމުގެ މަސައްކަތެއް ކުރުމަށެވެ. އަދި މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓް ދެވޭނެ ކަމުގައިވެސް ހާމަކުރައްވައެވެ. މިމަސައްކަތްކުރާ ‘އަވި ޓެކްނޮލޮޖީސް’ ގެ ފަންނީ މަސައްކަތްތެރިންގެ އަމާޒަކީ، ހަވީރު 16:00 ހާއިރު ކަރަންޓް ދިނުން ކަމުގައި އެބޭފުޅުން ހާމަކުރައްވައެވެ.
މި މަސައްކަތަކީ ‘ޕޮއިސްޑް ޕްރޮޖެކްޓް’ގެ ދަށުން ށ،ނ އަތޮޅުގެ ރަށްރަށުގައި މިހާރު ކުރިޔަށްދާ އަވިން ކަރަންޓް އުފެއްދުމުގެ މަޝްރޫއުގެ ބައެކެވެ. ފެނަކަ ކޯޕަރޭޝަނުން މީގެކުރިން ހާމަކުރައްވާފައިވާ ގޮތުން، ޕޮއިސްޑް ޕްރޮޖެކްޓް ނިމޭއިރު ށ،ނ އަތޮޅުގެ ރަށްރަށަށް ބޭނުންވާ ކަރަންޓުގެ 30 އިން ސައްތަ އުފައްދާނި އަވިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުރިޔަށް އޮތްތަނުގައި ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް އަވިން ކަރަންޓް އުފައްދަން ފެށޭނެއެވެ.


ތިތާތިބި ޕީ ޕީ އެމް މީހުންތަށް ބޭރުކޮގެންނޫނީ ތިތަންތަން ރަންގަޅެއް ނުވާނެ އެމީހުން މިހާރުން މިހާރަށް ބޭރުކުރޭ
ޕީޕީ މީހަކު ނޫޅެ. އެމްޑީޕީއަށް ސޮއިޮށްފި މިހާރު