ޚަބަރު

މިސްކިތެއް ބިނާކުރުމަށް ބައިވެރިވެލައްވަން ބޭނުންތޯ؟

ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

“‏ مَنْ بَنَى مَسْجِدًا لِلَّهِ كَمَفْحَصِ قَطَاةٍ أَوْ أَصْغَرَ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ ‏”‏

މާނައީ” ދޫނި ބިސްއަޅަން ވަންނަ ހާލީގެ މިންވަރަށް ނަމަވެސް ﷲއަށްޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެތެވެ.”

[ސުނަނު އިބްނު މާޖާ 738]

މިސްކިތެއް ބިނާކުރުމަށް ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން ހުޅުވާލައިފިއެވެ.

އެ ފަރާތުން ހާމަކުރައްވާގޮތުގައި ބަގްލަދޭޝްގެ ނިކަމެތި މުސްލިމުންތަކެއް ދިރިއުޅޭ ހިސާބެއްގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ. މި މިސްކިތް ބިނާކުރުމަށް ޖުމުލަ 417،622.50 ދިވެހި ފައިސާ ހޭދަވާއިރު މިހާތަނަށް 319،272.00 ދިވެހި ފައިސާވަނީ ލިބިފައެވެ. އަދި މިހާރު ކުރިޔަށްދަނީ މިސްކިތް ބިނާކުރުމަށް ބާކީ ނުލިބިވާ 152،350.50 ދިވެހި ފައިސާ ހޯދުމުގެ މަސައްކަތެވެ.

މި މަސައްކަތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އައިއޭސީގެ ޞަދަޤާޖާރިޔާ އެކައުންޓު ނަންބަރު 7770000026260 އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެފަރާތުން އިރުޝާދު ދެއްވައެވެ. އަދި މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން 9458822 ނަންބަރަށް ގުޅުއްވުމުން އެ މަޢުލޫމާތެއް އެރުވޭނެކަމަށްވެސް އައިއޭސީގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

މިސްކިތެއް ބިނާކުރުމަކީ ޞަދަޤާޖާރިޔާ (ދެމިގެންދާ ޞަދަޤާތް) ތެރޭގައި ހިމެނޭ ކަމެއްކަމަށާއި މަރުވުމަށްފަހުގައިވެސް އެމީހަކަށް އެކަމުގެ އަޖުރު ލިބި ލިބި ހުންނާނެކަމެއްކަމަށް އައިއޭސީން މަޢުލޫމާތު ދެއްވައެވެ.

ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

“‏ مَنْ بَنَى مَسْجِدًا لِلَّهِ كَمَفْحَصِ قَطَاةٍ أَوْ أَصْغَرَ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ ‏”‏

މާނައީ” ދޫނި ބިސްއަޅަން ވަންނަ ހާލީގެ މިންވަރަށް ނަމަވެސް ﷲއަށްޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެތެވެ.”

[ސުނަނު އިބްނު މާޖާ 738]

މިސްކިތެއް ބިނާކުރާ އިރު ވިސްނާށެވެ! މި މިސްކިތުގައި މީހުން ނަމާދުކުރާހާހިނދަކު ތިމާގެ ޢަމަލުގެ ފަތަށް އޭގެ ސަވާބާއި ދަރުމަ އިތުރުވެގެން ދާނެއެވެ. އެކަމަށް އެދޭށެވެ! އަދި ކިޔަމަންތެރި އަޅުންނަށްޓަކައި ﷲ ގެ ޙަޟްރަތުގައި ވާކަންތައްތައް ހެޔޮވެގެންވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close