ޚަބަރު

ޑރ. ޢިޔާޟުގެ ވަރަށް ޚާއްޞަ ދަރުހެއް ލަންދޫގައި ބާއްވަނީ

ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުލް ލަޠީފުގެ ވަރަށް ޚާއްޞަ ދަރުހެއް ލަންދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

ނާރެސްއަށް މަޢުލޫމާތު ދެއްވަމުން ލަންދޫ ކައުންސިލްގެ ކައުންސިލް މެމްބަރު އަލްފާޟިލް ޢަބްދުﷲ ޢާރިފު ވިދާޅުވީ މިދަރުހަކީ ލަންދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކުރާ ދަރުހެއްކަމަށާއި މިދަރުސް އޮންނާނީ ލަންދޫ ކުޅިވަރު ސްޓޭޖުގައި ކަމަށެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ޢަބްދުﷲ ޢާރިފު ވިދާޅުވީ ” ތައުބާވުން ” މި މައުޟޫޢުގެ މައްޗަށް އަލިއަޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދަރުސް އޮންނާނީ 8 ފެބުރުވަރީ 2019 ވާ ހުކުރުދުވަހުގެ ރޭގަނޑު 20:30 ގައި ކަމަށެވެ.

ލަންދޫގެ ކުދި ބޮޑު އެންމެންނަށް ދަރުހުގައި ބައިވެރިވެވޭގޮތަށް ދަރުސް އިންތިޒާމްކުރުމުގެ ކަންކަން ކުރިޔަށްދާކަމަށާއި ﷲ ގެ އިރާދަފުޅާއެކު ދަރުސް ވަރަށް ފުރިހަމަވެގެންދާނެކަމަށްވެސް ޢަބްދުﷲ ޢާރިފު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close