ޚަބަރު

ނަޝީދާއިއެކު ރައީސް ޔާމީން ސިއްރު ޑީލެއް ނުހައްދަވާނެ – އަދުރޭ

ވެރިކަން ކުރާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއެކު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްވެސް ސިއްރު ޑީލެއް ނުހައްދަވާނެ ކަމަށް ޕީޕީއެމް އާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، ނަޝީދު އާއި ޔާމީން ސިއްރު ޑީލްތަކެއް ހައްދަވާފައިވާ ކަމަށް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރައްވާފައިވަނިކޮށެވެ.

އުމަރުގެ ވާހަކައާ ގުޅިގެން ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއްގެ ފޮޓޯއަކާއެކު، އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީނަކީ އެއްވެސް ބޭފުޅަކާ އެކު ސިއްރު ޑީލެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

“ރައީސް ނަޝީދާއެކު ރައީސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ، ސިޔާސީ މައިދާނުގައި އެއް ގޮތެއްގައި ސާބިތުވެ ހުންނެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން، ރައްޔިތުންނަށް އެ ކަން ވަރަށް ސާފު،” އަދުރޭ ލިޔުއްވާފައިވެއެވެ.

ނަޝީދުއާއެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ޕީޕީއެމްއާއި ޕީއެންސީ ލީޑާޝިޕް އިން ވަނީ ވިދާޅުވެފައެވެ. އަދި އެހެން އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް އިދިކޮޅު ދެ ޕާޓީގެ ކޯލިޝަންގައި ނެތް ކަމަށް ލީޑާޝިޕްއިން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close