ޚަބަރު

މާލެ ސަރަޙައްދުގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީފި

ރާއްޖޭގައި ޚާއްޞަކޮށް މާލޭގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑަތި ލުއިތަކެއް މިއަދު ދީފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަންކަންވަނީ އެޗް.އީ.އޯ.ސީގެ ފަރާތުން އެކަންކަންވަނީ ތަފްޞީލުތަކާއިއެކު ހާމަކޮށްފައެވެ.

އެގޮތުން ޕާޓީތަކާއި ހަފްލާތައް ބާއްވާއިރު، މީހުންގެ އަދަދު ކަނޑަނާޅާ ގޮތަށް ކުރިއަށްގެންދަން ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ހުއްދަ ދީފިއެވެ.

އެޗްއީއޯސީން މިގޮތަށް ހުއްދަ ދީފައި ވަނީ، މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް ދަށްވާން ފެށުމުންނެވެ. މީގެ ކުރިން އަދަދުތައް ދަށްވާން ފެށުމުން ދިން ލުޔަކީ ވަކި އަދަދުތަކަކަށް މީހުން އެއްވެވޭ ގޮތަށް ހަފްލާތައް ބޭއްވުމަށެވެ.

އެ އެމާޖެންސީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާން، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ހަފްލާ ތަކާއި ޕާޓީތައް ގައިޑްލައިންތަކާއި އެއްގޮތަށް ބޭއްވުމަށް ހުއްދަ ދީފައި ވަނީ، މީހުންގެ އަދަދު ކަނޑަނާޅާ ކަމަށެވެ.

އެހެން ނަމަވެސް ފާހަގަކޮށްލަން ބޭނުން ގައިޑްލައިން ތަކާއި އެއްގޮތަށް ކުރިއަށްގެންދަން ވާނީ، އޭގެ މާނައަކީ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި، އަދި ބޮޑަށް އޯޕެން އެއާ ތަންތަނުގައި ބޭއްވުމަށް”. ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށްވެސް ދަރިވަރުން ޙާޟިރުކޮށްގެން ގަޑިތައް ކުރިޔަށް ގެންދިއުމުގެ ހުއްދަވެސްވަނީ އެޗް.އީ.އޯ.ސީން ދެއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close