ޚަބަރު

ދިއްފުށިން މަރުވެފައި އޮއްވާ ފެނުނީ ކަރަންޓީނުގައި ހުރިމީހެއް – ފުލުހުން

ކ.ދިއްފުށިން މަރުވެފައި އޮއްވާ ފެނުނީ ކަރަންޓީނުގައި ހުރިމީހެއްކަމަށް ފުލުހުން ބުނެފިއެވެ.

ކ. ދިއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު އިންޑިއާ ފަތުރުވެރިޔަކީ އެރަށުގައި ކަރަންޓީނުގައި ހުރި މީހެއް ކަމަށް ފުލުހުން ބުނެފައިވާއިރު އެ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 1:15 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިރޭ ބުނީ، ދިއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހަކީ ޢުމުރުން 23 އަހަރުގެ މީހެއްކަމަށާއި، އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި ހަށިގަނޑުގެ ބޭރުން އެއްވެސް އަނިޔާއެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

“މި މީހާއަކީ، މިމަހު 19 ވަނަ ދުވަހުން ފެށިގެން އެރަށު ގެސްޓް ހައުސްއެއްގައި ކަރަންޓީނު ފުރިހަމަ ކުރަމުން ދިޔަ މީހެއް،” ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close