ޗައިނާއަށް ވެލީގެ ތޫފާނެއް އަރައިފި
ޗައިނާގެ ޑުންހުއަންގް ސިޓީއަށް ވެލީގެ ތޫފާނެއް އަރައިފިއެވެ.
މިއަދު އެރި މި ވެލީގެ ތޫފާނުގެ އުސްމިނުގައި 100 މީޓަރު ހުރިކަމަށް ރިޕޯރޓްތައް ބުނެއެވެ.
މި ތޫފާން އަރާފައިވަނީ ޗައިނާގެ އިރު އުތުރު ޕްރޮވިންސެއްކަމަށްވާ ގަންސޫ ޕްރޮވިންސްގައި ހިމެނޭ ސިޓީއަކަށެވެ.
ޗައިނާއަށް ވޭތުވެދިޔަ ދުވަސްތަކުގައި ގަދަވަޔާއިއެކު ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައްވެސްވަނީ ކުރިމަތިވެފައެވެ.
އެތައް ބަޔަކު މަރުވެފައިވާއިރު، 4 ލައްކައެއްހާ މީހުން މިހާރުވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިކަމަށްވެސް ރިޕޯރޓުތައް ބުނެއެވެ.

