މިރޭ 12 އިން ފެށިގެން ޓެކްސް ބޮޑުވާތީ، ޖީއެސްޓީގެ އާ އަގުތަށް ޖެހުމަށް މީރާއިން އަންގައިފި
މިރޭ 12 އިން ފެށިގެން ޓެކްސް ބޮޑުވާތީ، ޖީއެސްޓީގެ އާ އަގުތަށް މުދަލުގައި ޖެހުމަށް ވިޔަފާރިތަކަށް މީރާއިން އަންގައިފިއެވެ.
ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި މި އިސްލާހު ތަސްދީގުކޮށްފައި ވާތީ މިރޭ 12 އިން ފެށިގެން ރާއްޖޭގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުވާނެ އެވެ.
އެހެންކަމުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރަޓީ (މީރާ)އިން ވިޔަފާރިތަކަށާއި، ޚިދުމަތްދޭ ތަންނަނަށް އެންގީ މުދަލާއި ހިދުމަތުގައި އާ ރޭޓުގައި އަގުޖެހުމަށް ވިޔަފާރިތަކަށް އަންގާފަ އެވެ.
މި ކަމަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ހިމަނައިގެން މީރާއިން ވަނީ “ފެކްޓް ޝީޓް”އެއް ތައްޔާރުކޮށް މީރާގެ ވެބްސައިޓްގައި ޝާއިއުކޮށްފަ އެވެ.
މި “ފެކްޓް ޝީޓް”ގައި ވާ ގޮތުގެ މަތިން، ރޭޓް ބަދަލުވުމާގުޅިގެން “ކަޓް-އޯފް ވަގުތު” ކަނޑައަޅައި، ޖީއެސްޓީ ނަގާނެ ރޭޓް ކަނޑައަޅާނެ ގޮތް ހިމަނައިފައިވެ އެވެ. މި ގޮތުން، 24 ގަޑިއިރު ހިދުމަތް ނުދޭ ކެފޭތަކާއި ރެސްޓޮރަންޓްތަކާއި 24 ގަޑިއިރު ހިދުމަތް ނުދޭ އެހެން ވިޔަފާރިތަކުން، އާ ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ މާދަމާ އެފަދަ ތަންތަން ހުޅުވާ ވަގުތުން ފެށިގެންނެވެ.
އެ ނޫން ހުރިހާ ފަރާތްތަކަކުން މިރޭ 12 އިން ފެށިގެން ޖީއެސްޓީ ނަގަންވާނީ އާ ރޭޓުތަކުގަ އެވެ. އަދި ޖީއެސްޓީގެ ރޭޓު ބަދަލުވުން ހިމެނޭ މުއާމަލާތްތަކުގައި “ޖީއެސްޓީ ލާޒިމުވާ ވަގުތު” ކަނޑައަޅާނެ ގޮތުގެ ބައެއް މިސާލުތައް ވެސް މި “ފެކްޓް ޝީޓް”ގައި މީރާއިން ހިމަނައިފައިވެ އެވެ.
މީރާއިން ބުނިގޮތުގައި، މާދަމާއިން ފެށިގެން މުދަލާއި ހިދުމަތުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީއެސްޓީގެ އައު ރޭޓު ހިމަނައިގެންނެވެ. އެހެން ނަމަވެސް، އެރެއިން އެރެއަށް އަގުތަކަށް ބަދަލުގެންނަން އުނދަގޫ ވާ ފަރާތްތަކުން، މާދަމާގެ ކުރިން ނަގާނެ އަގާއި މާދަމާ ނުވަތަ އޭގެ ފަހުން ނަގާނެ އަގު ސާފުކޮށް އެނގޭނެހެން އަގު ޖަހައިފައި ބެހެއްޓިދާނެ ކަމަށް މީރާއިން ބުނެ އެވެ.
މި ބަދަލަށް ތައްޔާރުވުމަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މީރާއިން ދަނީ ހާއްސަ ކެމްޕެއިނެއް ވަނީ ފަށައިފަ އެވެ.
މި ކެމްޕެއިންގެ ދަށުން މީރާގެ ޓިމުތަކުން ދަނީ މާލޭގެ އިތުރުން އަތޮޅުތަކަށް ޒިޔާރަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތަކާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި، މާދަމާ ޖީއެސްޓީގެ ރޭޓު ބަދަލުވުމަށްފަހު ވިޔަފާރިތަކުން އަމަލުކުރަމުން ގެންދަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް މީރާގެ ޓީމުތަކުން ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ބުނެ އެވެ.
އެހެންކަމުން، މާދަމާ އިން ފެށިގެން އައު ރޭޓުތަކުގައި ޖީއެސްޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ހިދުމަތުގައި އެ ތާރީހުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާއިން އިލްތިމާސްކުރެ އެވެ. އަދި، މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމޭލްކުރުމަށް މީރާއިން އެދެ އެވެ.
ޖީއެސްޓީ ނުނަގާ ބާވަތްތައް:
ކާޑުގެ ބާވަތްތައް (ހަނޑު، ހަކުރު، ފުށް)
ލޮނު
ކިރު
ކާތެޔޮ
މަހާއި، މަހުގެ ބާވަތްތައް
ސައިފަތް
ފިޔާ އަދި އަލުވި
ހަވާދުގެ ބާވަތްތައް
ދިޔާހަކުރު، ކުރުނބާ، ކުރޮޅި އަދި ކާށި
ކެރެޓް، ކެބެޖް، ބީންސް އަދި ޓޮމާޓޯ
ހުރިހާ ބާޥަތްތަކުގެ މޭވާ
ފާން އަދި ބަނަސް
ކުޑަކުދިންގެ ނެޕީއާއި ބޮޑެތި މީހުންގެ ނެޕީ
ކުޑަކުދިންގެ ކާބޯތަކެތި
ގޭސް
ޑީސެލް އަދި ޕެޓްރޯލް
ޓިޝޫ ފަދަ ޕެޑް ފަދަ ބާވަތްތައް
މިބާވަތްތަކަކީ މިހާރުވެސް ޖީއެސްޓީ ނުނަގާ ބާވަތްތަކުގައި ހިމެނޭ ބާވަތްތަކެވެ. މިބާވަތްތައް ނޫން ބާވަތްތަކުން މިހާރު ހަ ޕަސެންޓްގައި ޖީއެސްޓި ނަގަމުންދާއިރު، މާދަމާއިން ފެށިގެން 8 ޕަސެންޓްގައި ޖީއެސް.ޓީ ނަގަމުންދާނެ އެވެ.

އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ރައްޔިތުން ހަނާ އަރުވާލާނެ، އެހެންތާ ވާނީ، ގައްދާރުންތަކެއް ވެރިކަން ލިބުނީމާވާނީ މިހެން ، މިމީހުން ހީކުރަނީ ރައްތައްތަރައްޤީ ކުރަމުން ދިޔައިމާ ރައްޔިތުން ތިބޭނީ ހެވިފައޭ. އެހެން ހީނުކުރާތި، މާތްﷲ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ރިޔާސި އިންތިޚާބު އެމްޑީޕީ ކުޑަކަކުލަށް ތިރިކުރާނަން. އެމީހުންނަށް ވެރިކަމަށް އާދެވޭނީ ކުރީގަ ވޯޓް ވަގަށް ނެގިހެން ވަގަށް ނަގައިގެން.