ޚަބަރު

ދީނީ ޢިލްމުވެރިޔާ ޑރ. ޢިޔާޟު ވަޒީފާއިން ވަކިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.އިޔާޒް އަބްދުލް ލަތީފް މަޤާމުން ވަކިކޮށްފިއެވެ.

ޑރ.އިޔާޒު ވަޒީފާއިން ވަކިކޮށްފައި މިވަނީ މީގެ ކުރިންވެސް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމަށްފަހުގައި ކަން ފާހަގަކޮށްލެވެއެވެ.

ޑރ. ޢިޔާޒު މިކަމާއި ގުޅިގެން އަދި ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް އެބޭފުޅާގެ ޓްވިޓަރ އެކައުންޓުގައި ކުރިން ލިޔުއްވާފައިވާ ” އެމް.އެން.ޔޫ އެސިސްޓެންޓް ޕްރޮފެސަރ” މިތަންކޮޅު ވަނީ ފޮހެލައްވާފައެވެ.

ޑރ. ޢިޔާޒުއަށް މަޤާމުން ވަކިކުރައްވާފައިވަނީ ދާދިފަހަކުން އަންހެނުން ޚިތާނު ކުރުމުގެ މައްސަލާގައި އެބޭފުޅާ ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ރައްޔިތުންގެ މަޖިލީހަށްވެސް އެބޭފުޅާގެ މައްސަލަ ވައްދަވާފައިވަނިކޮށެވެ.

ޑރ. ޢިޔާޒު ފާހަގަވެފައިވަނީ، ޙައްޤަށް ބަސްފުޅު ވިދާޅުވާ، ޢިލްމުވެރިއެއްގެ ގޮތުގައެވެ. ގިނަބައެއްގެ ދީނީ ސުވާލުތަކަށް ޖަވާބުދެއްވުމުގައިވެސް އެތައް ވަޤުތެއް ހޭދަކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close