ޚަބަރު

މަނަދޫ ނެރުގެ ފައިކައްޓަށް މުދާއުފުލާ ދޯންޏެއް އުރިއްޖެ

ނ.މަނަދޫ ނެރުގެ ފައިކައްޓަށް މުދާއުފުލާ އުޅަނދެއް އުރިއްޖެއެވެ. މިރޭ ގާތްގަޑަކަށް 8 ޖެހިއިރު ހިނގި މިހާދިސާގައި އެ އުޅަނދު ގެ ފަހަތުކޮޅުން ކޮންމެވެސް ވަރަކަށް ހަލާކުވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މަނަދޫ ފަޅަށް ވަންނަން އުޅުނުމުގެ ތެރޭގައި މިދޯނި ކަނޑިމައްޗަށް އުރުމާއެކު މަނަދޫ ރައްޔިތުންގެ އެހީތެރިކަމާއި މަނަދޫ ޕޮލިސްގެ މަސައްކަތުން އެދޯނި ވަނީ މިހާރުފުންކުރެވިފައެވެ. ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

މަނަދޫން ވާހކަ ދެއްކި މީހަކުބުނީ އެދޯނި ކަނޑިންމަ މައްޗަށް އުރުނު އިރު މޫސުން އެހާގޯސްނޫންކަމަށާއި، ލަފާކުރެވޭގޮތުން އެހާދިސާ ހިނގާފައި އެވަނީ ކަނޑިންމައިން ވަންނަން އައި އައުމުގައި މާބޮޑަށް ފައިކައްޓާ ދޯނި ގާތްބޮޑުވުންނެވެ. އަދި އެތަނަކީ ވަރަށް ނުބައި އޮއިވަރެއް ހުންނަ ތަނަކަށް ވާއިރު ފަޅަށް ވަންނައިރު ވަރަށްބޮޑަށް ފަރުވާތެރިވާންޖެހޭނެކަމަށްވެސް އެފަރާތުން ބުންޏެވެ.

މިއީ ކޮންރަށެއްގައި ދުއްވާ ކާކުގެ ދޯންޏެއްކަމެއް އަދި ސާފެއްނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close