ކޮއްކޮގެ ވާހަކަފޮތް (ދަތުރު)
ކޮއްކޮގެ އާއިލާ ބޭސްފަރުވާ ކުރުމަށްޓަކައި އިންޑިއާއަށް ދާންޖެހިއްޖެއެވެ. އިންޑިއާޔަށް ދިއުމަށްޓަކައި އެންމެ ފުރަތަމަ ޖެހުނީ މާލެދާށެވެ. މާލޭ އެއަރޕޯޓުން މަތިންދާބޯޓުގައި އިންޑިއާއަށް ދަތުރުކުރި އިރު ކޮއްކޮއިނީ ނިކަން ބިރުންނެވެ. އެއީ ކޮއްކޮގެ ފުރަތަމަ ދަތުރެވެ. ކާރަކަށް އަރައިގެން ފުރަތަމަ ދިޔައީ ގެއަށެވެ. އަނެއްދުވަހު ހޮސްޕިޓަލަށް ދިޔައެވެ. ދިޔަމަގުމަތީގައި ވަރަށް ބޮޑެތި ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ބައެއް އޮފީސްތައް ފެނުނެވެ. އަދި ކުދިން ސްކޫލަށް ދާތީވެސް ފެނުނެވެ. ދަތުރު ނިންމާލުމުގެ ގޮތުން “ހެޕީ ލޭންޑަށް” ދިޔައީމެވެ. އެއީ ވަރަށް ރީތި ގިނަ ކުޅިވަރުތައް ކުޅެވޭގޮތަށް އޮންނަ ތަނެކެވެ. އެންމެފަހުން ކުޑަކުދިންގެ ޕާކަށްވެސް ދިޔައެވެ.
ސުވާލުތަކަށް ޖަވާބުދޭށެވެ!
- ކޮއްކޮގެ އާއިލާ އިންޑިޔާއަށް ދާންޖެހުނީ ކީއްވެ؟
- އިންޑިއާއަށް ދިއުމަށް އެންމެ ފުރަތަމަ ދިޔައީ ކޮންތާކަށް؟
- ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ކޮއްކޮއަށް ފެނުން 3 ތަނެއްގެ ނަން ބުނެދީ؟
- “ހެޕީ ލޭންޑަކީ” ކޮންތަނެއް؟
- ކޮއްކޮމެން އެންމެ ފަހުން ދިޔައީ ކޮންތާކަށް؟