އިންޑިޔާއިން ރާއްޖޭގެ ދާޚިލީ ކަންކަމާ ނުބެހުމަށް އަންގަންޖެހޭ – ޢަލީ ރަމީޒު
ދިވެހި ރާއްޖޭގެ ދާޚިލީ ކަންތައްތަކާ ނުބެހި ތިބުމަށް ދިވެހި ރާއްޖޭގެ ސަރުކާރުން އިންޑިޔާގެ ސަރުކާރަށް ވަރަށް ސާފުކޮށް އަންގަންޖެހޭކަމަށް ޖަމްޢިއްޔަތުއް ސަލަފުގެ އޮޕަރޭޝަން މެނޭޖަރު އަޚް ޢަލީ ރަމީޒް ބުނެފިއެވެ.
ޢަލީ ރަމީޒް މިހެން ބުނެފައިވަނީ، އިއްޔެ ކުރި ޓްވިޓެއްގައެވެ.
ޢަލީ ރަމީޒު މިފަދައިން ބުނެފައި މިވަނީ، ދިވެހި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގައި ހިންގަމުން އަންނަ ނޫހެއްކަމަށްވާ “ދިޔަރެސް” ނޫހަށް ފިޔަވަޅު އަޅައިދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވަނިކޮށެވެ.
ޢަލީ ރަމީޒު އިއްޔެ ކުރި ޓްވިޓުގައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން “ދިޔަރެސް” ނޫހަށް ފިޔަވަޅު އަޅައިދިނުމަށް ދިވެހި ސަރުކާރަށް ދަންނަވާފައިވާ ސިޓީވެސް ހިމަނާފައެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނާގޮތުގައި، ރާއްޖޭގެ ބައެއް ނޫސްތަކުން ފަތުރާ ޚަބަރުތަކާއި ރިޕޯރޓުތަކުގެ ސަބަބުން އެތައް “ހަމަލާ” ތަކެއް މިހާރުވެސް ލިބެމުންދާ ކަމަށެވެ. އަދި މިހާރު ނުރައްކަލެއްގެ ތެރޭގައި ތިބެން ޖެހޭކަމަށާއި ސެކިއުރިޓީވެސް އިތުރަށް ހަރުދަނާކޮށްދިނުމަށް އެދޭކަމަށެވެ.