ޚަބަރު

ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާއިދެކޮޅަށް 100 އަށްވުރެ ގިނަ ކައުންސިލުން ބަޔާން ނެރެފި

ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާއިދެކޮޅަށް 100 އަށްވުރެ ގިނަ ކައުންސިލުން ބަޔާން ނެރެފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާއިދެކޮޅަށް އިއްޔެގެ ނިޔަލަށް 100 އަށްވުރެ ގިނަކައުންސިލުން 509 ކައުންސިލަރުންގެ ސޮޔާއިއެކު ބަޔާން ނެރެފިއެވެ.

މީގެ އިތުރުން މާލެ ސިޓީކައުންސިލުންނާއި އިތުރު 3 އަތޮޅެއްގެ، އަތޮޅު ކައުންސިލުންވެސްވަނީ، ހުށަހަޅާފައިވާ އެ ބިލާއިދެކޮޅަށް ބަޔާން ނެރިފައެވެ.

ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ މި ބިލް މިހާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށްވަނީ ކޮމިޓީއަށްފޮނުވާފައިވާއިރު، ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށްވެސްވަނީ ހުޅުވާލައިފައިވާއިރު، މިއަދުގެ 12:00 ގައިވަނީ އެ ފުރުޞަތު ބަންދުވެފައެވެ.

މީގެ އިތުރުން، މި ބިލާއި ދެކޮޅަށް އޮންލައިން ޕެޓިޝަނެއްގައިވެސް ދަނީ ސޮއިކުރަމުންނެވެ. މަޢުލޫމާތު ލިބޭގޮތުގައި އެ ޕެޓިޝަނުގައި މިހާތަނަށް 4000 ށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެއެވެ.

ރާއްޖޭގެ ބޮޑަތި ދީނީ ޖަމްޢިއްޔާތަކަކުންނާއި އެތައް ކައުންސިލަކުންނާއި ދީނީ އެހެނިހެން ޖަމްޢިއްޔާތަކުން ކެނޑިނޭޅިދަނީ މި ބިލާއިދެކޮޅަށް އަޑުއުފުލާ، ބަޔާންތައް ނެރެމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close