ދީން

އެކި މީހުން ކުރިމަތިލާން ޖެހެނީ އެކި އިމްތިޙާނުތަކާއެވެ. (ހަތަރުވަނަބައި)

މުޞީބާތްތަކާއި އިމްތިޙާނުތަކުގައިވާ ބައެއް “މުހިންމު” ފައިދާތަކުގެ ތެރެއިން:-

  1. ކުރިމަތިވާ އިމްތިޙާނު ނުވަތަ މުޞީބާތުގެ ސަބަބުން ޙިލްމުވެރިކަން އިތުރުވެގެން ދިއުމާން

ޙިލްމުވެރިކަމަކީ ރުޅިމަޑުކަމާއި ކެތްތެރިކަމެވެ. ﷲ ތަޢާލާ ތައުބާ ސޫރަތުގެ 114 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. إِنَّ إِبْرَاهِيمَ لَأَوَّاهٌ حَلِيمٌ ‎﴿١١٤﴾  މާނައީ ” ހަމަކަށަވަރުން، إبراهيم ގެފާނީ، دعاء ކުރެއްވުން ގިނަ، ކޯފާ މަޑު ބޭކަލެކެވެ. ” ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ فِيكَ خَصْلَتَيْنِ يُحِبُّهُمَا اللَّهُ الْحِلْمُ وَالأَنَاةُ ‏”‏ މާނައީ  ” ހަމަކަށަވަރުން، ކަލޭގެފާނުގެ ކިބައިގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވާ ދެ ޞިފައެއް ވެއެވެ. ޙިލްމުވެރިކަމާއި ކެތްތެރިކަމެވެ.” (އަޚްރަޖަހޫ މުސްލިމް 17)

ކުރިމަތިވާ މުޞީބާތުގެ ކުޑަބޮޑު މިނުގެ ސަބަބުން ޙިލްމުވެރިކަމުގެ ދަރަޖަތައް ތަފާތުވެގެންވެއެވެ.

  • ތިމާގެ މައްޗަށް އަނިޔާވެރިވާ ފަރާތްތަކަށް މަޢާފު ދިނުން:

ﷲ ތަޢާލާ ޝޫރާ ސޫރަތުގެ 40 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ ۚ މާނައީ ” ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) عفو ކޮށް، صلح ވެރިވެގަތްމީހާގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ. ” އެހެންކަމުން ބޮޑަތި އަނިޔާވެރިވުންތަކަށް، މަޢާފުކޮށް ޞުލްޙަވެރިވެގަތުމަކީ މަޢާފު ކުރުމުގެ އެންމެ މަތީ ދަރަޖައެވެ.

  • މުޞީބާތްތަކާއި އިމްތިޙާނުތަކަށް ކެތްތެރިވުން

ކެތްތެރިވުމުގެ ސަބަބުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމާއި ގިނަގުނަވެގެންވާ ޘަވާބު ލިބިގެންދެއެވެ. ﷲ ތަޢާލާ އާލްޢިމްރާން ސޫރަތުގެ 146 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. وَاللَّهُ يُحِبُّ الصَّابِرِينَ ‎﴿١٤٦﴾‏ މާނައީ ” ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. ” އަދިވެސް ﷲ ތަޢާލާ ޒުމަރު ސޫރަތުގެ 10 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ ‎﴿١٠﴾‏ މާނައީ ” ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ. ” ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވެއެވެ. وَمَا أُعْطِيَ أَحَدٌ عَطَاءً خَيْرًا وَأَوْسَعَ مِنَ الصَّبْرِ ‏. މާނައީ ” އަދި އެއްވެސް ފަރާތަކަށް ކެތްތެރިކަމަށްވުރެ، ހެޔޮ އަދި ތަނަވަސްވެގެންވާ ދެއްވުމެއް ނުދެއްވައެވެ.” (ޞަޙީޙުލް ބުޚާރީ 1469)

(ނުނިމޭ)

މި ލިޔުމުގެ އެހެން ބައިތައް ކިޔާލުމަށް

މިވެސް ބަލާ
Close